logoEN
Sto top
ނަޑެއްލާ އާއި ކޮނޑޭ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހިމެނޭހެން ތިން މަޝްރޫއުއެއް ފެނަކައަށް!

ނަޑެއްލާ އާއި ކޮނޑޭ ސިއްހީ މަރުކަޒުގެ އައު އިމާރާތް ހިމެނޭހެން ތިން މަޝްރޫއުއެއް ފެނަކައަށް!

އަހުމަދު ޝުރާއު

logo

3/28/2025, 7:31:34 PM

# ފެނަކަ ކޯޕަރޭޝަން

--

އިތުރު ތިން ރަށެއްގެ ސިއްހީ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފި އެވެ.

Wamco

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓްރީން ފެނަކައާއި ހަވާލުކޮށްފައިވަނީ ގއ ކޮނޑޭ އާއި ގދ ނަޑެއްލާގެ އިތުރުން ބ ކުޑަރިކިލުގެ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަޝްރޫއުއެވެ.

މި މަޝްރޫއުތަކާއި ގުޅޭ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، މޭޖަރ ރިޓަޔާޑް މުޙައްމަދު ނަޖާހް އެވެ.

ބ. ކުޑަރިކިލު ސިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފެނަކައާއި ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް 7,641,116.64 ރުފިޔާއަށެވެ.

އަދި ނަޑެއްލާއާއި ކޮނޑޭ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 300 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެގޮތުން ކޮނޑޭ މަޝްރޫއު 6،763،307.54 ރުފިޔާއަށް ހަވާލުކުރި އިރު ނަޑެއްލާ މަޝްރޫއު ފެނަކައާއި ހަވާލުކުރީ 6،757،395.89 ރުފިޔާއަށެވެ.

މިމަހުގެ 12 ވަނަ ދުވަހު ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރަންވެސް ވަނީ ފެނަކައާއި ހަވާލުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside