logoEN
Sto top
އިންޑިއާއިން ގެނައި އައު އިންޖީނު އައްޑޫއަށް: 48 ގަޑިއިރުގެ ތެރޭގައި ހިދުމަތް ދޭން ފެށުމަށް މަސައްކަތްކުރަނީ

އިންޑިއާއިން ގެނައި އައު އިންޖީނު އައްޑޫއަށް: 48 ގަޑިއިރުގެ ތެރޭގައި ހިދުމަތް ދޭން ފެށުމަށް މަސައްކަތްކުރަނީ

އަހުމަދު ޝުރާއު

logo

3/27/2025, 6:30:58 AM

# ފެނަކަ ކޯޕަރޭޝަން

--

އައްޑޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ގެނައި އައި އިންޖީނު އެސިޓީއަށް ރޭ ގެންގޮސްފި އެވެ.

Wamco

ފެނަކައިން ރޭ ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަންގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމަށް އިންޑިއާއިން ގެނެވުނު 1.8 މެގަވަޓް ގެ އައު އިންޖީނު ގެންދިޔަ ދޯނި މިހާރު ވަނީ އައްޑޫ އަށް ބަނދަރު ކޮށްފައި ކަމަށެވެ.

އަދި އަންލޯޑްކޮށް ސެންޓްރަލް ޕަވަރ ސްޓޭޝަނަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި 48 ގަޑިއިރުތެރޭ މި އިންޖީނު އިންސްޓޯލްކޮށް ޚިދުމަތް ދޭން ފެށުމަށް ޓެކްނިކަލް ޓީމުން ދަނީ މަސައްކަތް ކުރަމުން ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ވަނީ ކަރަންޓުގެ ކެނޑުމުގެ ގިނަގުނަ ތަކުލީފުތަކާއެކުވެސް، އައްޑޫސިޓީގެ ލޮބުވެތި ރައްޔިތުން ކެތްތެރިކަން އިސްކުރައްވައި، ދައްކަވާ ފުރިހަމަ ނަމޫނާއާއި، މައްސަލަތައް ޙައްލުކުރުމަށް ކުންފުނިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ދެއްވާ އެއްބާރުލެއްވުން ޝުކުރު އަދާކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside