
ވީއައިއޭއިން ސިނގިރެޓް ކާޓަން ތަކެއް ބޭރު ކުރަން އުޅުނު ފުލުސް މީހާ ސަސްޕެންޑުކޮށްފި
# ދިވެހި ފުލުހުންގެ ޚިދުމަތް--
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަގަށް ސިނގިރެޓް ކާޓަން ތަކެއް ބޭރު ކުރަން އުޅުނު މައްސަލާގައި ފުލުހުން ހައްޔަރުކުރި އަދި ފަހުން ކޯޓުން ދޫކޮށްލި ފުލުސް މީހާ ސަސްޕެންޑުކޮށްފި އެވެ.

ފުލުހުން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 6:20 ހާއިރު ވެލާނާ އެއާޕޯޓުގެ ޑިޕާޗަރހޯލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރެޓް ރާއްޖެ އެތެެރެ ކުރަން މަސައްކަތް ކޮށްފައިވާ މައްސަލައެއް ކަސްޓަމްސް އިން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ 45އ.ގެ އަހްމަދު އަފްސަލް އާއި ޔޫސުފް ނަޒީރް 38އ. އެެވެ. އޭގެ ތެރެއިން ޔޫސުފް ނަޒީރް އަކީ ފުލުހުންގެ އޮފިސަރެކެވެ.
ރޭ މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލައާއި ގުޅިގެން ހައްޔަރުކުރި ސާޖަންޓު ޔޫސުފް ނަޒީރު ވަނީ އިއްޔެއިން ފެށިގެން މުސާރަ ނުލިބޭ ގޮތަށް އެއިދާރާގެ ވަޒީފާއިން ސަސްޕެންޑުކޮށްފައި ކަމަށެވެ.
ނަމަވެސް މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ގުޅުންހުރި

ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ އެކަކު ހައްޔަރަށް!

ވީއައިއޭއިން ސިނގިރެޓް ކާޓަން ތަކެއް ބޭރު ކުރަން އުޅުނު ފުލުސް މީހާ ސަސްޕެންޑުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި
