logoEN
Sto top
އެލައިޑުގެ އިފްތާރު ޕެކް ބެހުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ކުރިޔަށްދަނީ!

އެލައިޑުގެ އިފްތާރު ޕެކް ބެހުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ކުރިޔަށްދަނީ!

އަހުމަދު ޝުރާއު

logo

3/25/2025, 12:21:47 PM

# އެލައިޑް އިންޝުއަރެންސް

އެލައިޑުގެ އިފްތާރު ޕެކްތައް: ފޮޓޯ : ވަގުތު

މިއަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް އެލައިޑް އިންޝުއަރެންސްއިންވެސް ދަނީ ކުރަމުންނެވެ.

Wamco

އެކުންފުނުނިން ބުނީ މި ކަމަކީ އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށާއި އެގޮތުން، މިހާތަނަށް އިފްތާރު ޕެކް ބަހާފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގެ ހުޅުމާލެ ގްރޭންޑް މިސްކިތާއި މަސްޖިދު މުހައްމަދު މިސްކިތުގައި މި ހަރަކާތް ކުރިޔަށް ދާ ކަމަށެވެ.

އެލައިޑުން މައުލޫމާތު ދޭ ގޮތުގައި ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައިވެސް މާލެ ސަރަހައްދުގެ އެހެނިހެން މިސްކިތްތަކުގައިވެސް މިހަރަކާތް ކުރިޔަށްގެންދިޔުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން، ހުކުރު ދުވަހު ހުޅުމާލޭގައި މިހަރަކާތް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އުސްމާން ބިން އައްފާން މިސްކިތުގައެވެ. އަދި ވިލިނގިލީގެ މަސްޖިދު އަލް ބިއްރީގައި ވެސް މިހަރަކާތް ހޮނިހިރު ދުވަހު ކުރިޔަށްދާނެކަމަށް އެލައިޑުން މައުލޫމާތު ދެއެވެ.

މިއަހަރަކީ އެލައިޑުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އަހަރުކަމަށް ވުމާއި އެކު، އަހަރު ތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވާފައެވެ. މިއީ އެކުންފުނީގެ ދެމިއޮތުމަށް ރައްޔިތުންގެ ފަރާތުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރުމުގެ ގޮތުން ހިންގުމަށް ހަމަޖެހިފައިވާ ކަންކަން ކަމުގައި އެކުންފުނިން ފާހަގަކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside