
--
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަދިވެސް ހައްލުނުވާތީ، ރޭ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނުވާތީ، 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް އެ ސިޓީ އަށް ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށާއި އެ ޖެންސެންޓް ރޭ މާލެއިން އައްޑޫއަށް ފުރުވާލައިފައިވާ ކަމަށެވެ. އަދި 26 މާރޗް 2025 ވަނަ ދުވަހު 21:30 ހާއިރު އެ އުޅަނދު އައްޑޫއަށް ބަނދަރު ކުރުމަށް ވަނީ ތާވަލު ކުރެވިފައި ކަމަށް ފެނަކައިން ބުނެއެވެ.
އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކެއް ހަލާކުވެ، ލޯޑު ނުހިފެހެއްޓޭތީ އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުންދާތާ އެތައް މަހެއް ވަނީ ވެފައެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައިވާތީ އެކަން ހައްލު ކުރަން ރޯދައިގެ ކުރިން ވެސް 1.8 މެގަވޮޓުގެ ޖެންސެޓެއްގެ އިތުރުން ރޯދަ މަހުގެ ތެރޭގައި 1،000 ކިލޯވޮޓުގެ ޖެންސެޓެއްގެ އިތުރުން 1،600 ކިލޯވޮޓުގެ ޖެންސެޓެއް ގެނެސްގެން އިންސްޓޯލްކޮށްފައިވެ އެވެ.
ނަމަވެސް ކަރަންޓް ކެނޑޭ މައްސަލަ އަށް އެދެވޭ ހައްލެއް ނުލިބި މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަނެއްކާ ވެސް ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫގެ އިތުރުން ފޭދޫން ދަނީ ކަރަންޓް ކަނޑަމުންނެވެ. ފެނަކަ އިން ބުނީ މިހާރު ކަރަންޓް ކަނޑަނީ ތިން އިންޖީނަކަށް ދިމާވި މައްސަލަތަކާ ހެދި ކަމަށެވެ.
އެގޮތުން މި މައްސަލަ ހައްލުކުރުމަށް އެސިޓީގެ ފެނަކައިގެ މުވައްޒަފުންތައް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

ޕެޓީކޭޝްއަށް ހިޔާނާތްތެރިވި މައްސަލައެއްގައި ފެނަކައިގެ ކުރީގެ 3 މުވައްޒަފަކަށް ދައުވާކުރަނީ

މާވަށުގެ ކަރަންޓުގެ ޙާލަތުގެ ރަނގަޅުކުރުމަށް އެރަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

ކުޅިވަރުގެ 28 މަޝްރޫޢުއެއް ކުރިއަށްގެންދަން ފެނަކައާއެކު ސޮއިކޮށްފި
