logoEN
Sto top
އުންމީދަކީ އިމިގްރޭޝަނަކީ ރައްޔިތުން ފުރިހަމައަށް ބަލައިގަންނަ އިތުބާރުހިފޭ ޚިދުމަތްތަކަކަށް އަބަދުވެސްވުން - އަޝްފާން

އުންމީދަކީ އިމިގްރޭޝަނަކީ ރައްޔިތުން ފުރިހަމައަށް ބަލައިގަންނަ އިތުބާރުހިފޭ ޚިދުމަތްތަކަކަށް އަބަދުވެސްވުން - އަޝްފާން

އަހުމަދު ޝުރާއު

logo

3/24/2025, 8:13:10 PM

# މޯލްޑިވްސް އިމިގްރޭޝަން

--

މޯލްޑިވްސް އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެެއް ކަމަށް ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން ވިދާޅުވެއްޖެއެވެ.

Wamco

ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން މިހެން ވިދާޅުވީ އިމިގްރޭޝަނަށް 75 އަހަރު ފުރުމާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އަޝްފާން ވަނީ އިމިގްރޭޝަނަށް 75 އަހަރުވެ އަލިމަސް ޔޫބިލް ފާހަގަކުރަމުންދާއިރު، އެ އިދާރާގެ މުވަައްޒަފުން ދިވެހި ރައްޔިތުންނާއި ބިދޭސީންނަށް ދެމުންގެންދާ ހީވާގި އަދި އަގު ހުރި ޚިދުމަތަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ. އަދި މި އުފާވެރި މުނާސަބަތުގައި އެންމެހާ މުވައްޒަފުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައްވެސް އަޝްފާން ވަނީ އަރިސްކުރައްވާފައެވެ.

މޯލްޑިވްސް އިމިގްރޭޝަނަކީ އަބަދުވެސް ފަޚުރުވެރިވާ ދައުލަތުގެ މުހިންމު އިދާރާއެއްކަން ފާހަގަކުރައްވާ އަޝްފާން ވިދާޅުވީ އުންމީދަކީ އިމިގްރޭޝަން ޚިދުމަތްތައް އިތުރަށް ކުރިއަރައި، ޒަމާނީ ވަސީލަތްތަކާއެކު ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ރައްޔިތުން ފުރިހަމައަށް ބަލައިގަންނަ، އަދި އިތުބާރުހިފޭ ޚިދުމަތްތަކަކަށް އަބަދުވެސް ވެގެންދިޔުން ކަމަށެވެ.

ދިވެހިރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށީ 1950ވަނަ އަހަރުއެވެ. އެގޮތުން، މޯލްޑިވިއަން ޕާސްގެ ނަމުގައި ދަތުރުކުރުމަށް ޚާއްސަ ލިޔުމެއް ދޭން ފަށައި އެ ލިޔުން ބޭނުންކުރަން ފެށީ ރާއްޖެއާއި ސިލޯނާ ދެމެދުއެެވެ. މި ލިޔުން ތައްޔާރުކޮށްފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި ކުރުމަށް ކަމަށް އިމިގްރޭޝަނުން ފާހަގަކުރައްވައެވެ.

އެއަށްފަހު ރާއްޖޭގައި އިމިގްރޭޝަންގެ ޚިދުމަތް ފުޅާކޮށް 1964ވަނަ އަހަރު ދިވެހި ޕާސްޕޯޓް ތަޢާރަފުކުރެވުނެވެ. ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ޕާސްޕޯޓަކީ 2016ވަނަ އަހަރު ތަޢާރަފުކުރެވުނު ސެކަންޑް ޖެނެރޭޝަން އީ- ޕާސްޕޯޓެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside