logoEN
Sto top
އިމިގްރޭޝަން ކޮރަޕްޝަން: ޝަމްއާން ހިމެނޭހެން ހައްޔަރުކުރި އެންމެންގެ ވަނަވަރު އާންމުކޮށްފި

އިމިގްރޭޝަން ކޮރަޕްޝަން: ޝަމްއާން ހިމެނޭހެން ހައްޔަރުކުރި އެންމެންގެ ވަނަވަރު އާންމުކޮށްފި

އަހުމަދު ޝުރާއު

logo

3/23/2025, 8:49:28 PM

# މޯލްޑިވްސް އިމިގްރޭޝަން

--

މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ހައްުޔަރުކުރި އެންމެންގެ ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.

Wamco

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަ,މަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ ތ ބުރުނީ މޫނިމާގެ އުމުރުން 21 އަހަރުގެ މުހައްމަދު އަލްސަން އިސްމާއީލް އާއި ގ ހެޕީ ސައިޑް އުމުރުން 37 އަހަރުގެ އިބްރާހިމް އަހުމަދުގެ އިތުރުން ހަމަ އެގޭ އުމުރުން 47 އަހަރުގެ ހަސަން ސަހެޝާން ކަމަށެވެ.

އަދި އެމައްސަލައާއި ގުޅިގެން މިއަދުގެ ވަގުތެއްގައި މ ހާޒާރީ މަންސިލް އުމުރުން 40 އަހަރުގެ އަހުމަދު ލައްސާން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.

މި މައްސަލަ އާއި ގުޅިގެން މިދިޔަ ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ފޮޓޯވެސް ހިމެނޭހެން މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި އެންމެންގެ ފޮޓޯ ފުލުހުން މިރޭ ވަނީ އާންމުކޮށްފައި އެވެ.

ފުލުހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނީ އިމިގްރޭޝަންގެ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓް ސެކްޝަން ފިޔަވައި، އެހެން ސެކްޝަންތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް، އެމުވައްޒަފުންގެ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއް ބަލާފާސްކޮށްފައިވާ ކަމަށާއި އެގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީން ގެންދިޔައީ ގިނަ އަދަދެއްގެ ފައިސާއާއެކު ކަމަށެވެ. އަދި، އޭގެ އެއް ދުވަސްފަހުން، ޝަމްއާންގެ އަމުރަށް އެތަނުން 530،000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދެވުނު ބިދޭސީއަކު، ދަންވަރުގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. މި ބިދޭސީން ހައްޔަރުކުރި ގެ ބަލާފާސްކުރުމުގައި އަމަލީގޮތުން ބައިވެރިވި އިމިގްރޭޝަންގެ މުވައްޒަފެއް، ބަންދުން ދޫކޮށްލި ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ހޯދައި، އެފައިސާތައް ހިފައިގެން ޝަމްއާން ދިރިއުޅުއްވަމުން ގެންދެވި އިމާރާތަށް ވަދެފައިވާކަން އެނގިފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.

އަދި މި މައްސަލައާ ގުޅިގެން ކޯޓުގެ އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލާ ފާސްކޮށް އެމީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތަކެއް ހޯދާފައިވާ ކަން ފާހަގަކޮށް ފުލުހުން ބުނީ ޝަމްއާން ދިރިއުޅުއްވާ ގެއިންވެސް ގިނަ އަދަދެއްގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނުތައް، ހޯދާފައިވާ ކަމަށެވެ. ނަމަވެސް ޝަމްއާންގެ ގެއިން ފުލުހުން ހޯދި ފައިސާގެ އަދަދެއް ހާމައެއް ނުކުރެއެވެ. މީގެއިތުރުން ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި މިމައްސަލަ އާއި ގުޅިގެން ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ހިފަހައްޓައި އިތުރު ދެ މީހަކު ފުރުންވެސް ވަނީ މަނާކޮށްފައި އެވެ.

މި މައްސަލައާއި ގުޅިގެން ޝަމްއާން ކުއްލި ގޮތަކަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ މަގާމުން ވަކިކޮށްފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside