logoEN
Sto top
ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ގެ މަޤާމަށް އަހުމަދު މައުސޫމް!

ތެލެސީމިއާ ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ގެ މަޤާމަށް އަހުމަދު މައުސޫމް!

އަހުމަދު ޝުރާއު

logo

3/24/2025, 10:16:33 AM

# ހެލްތު މިނިސްޓްރީ

--

މޯލްޑިވިއަން ބްލަޑް ސަރވިސަސް ގެ ޑިރެކްޓަރ ޖެނެރަލް ގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

Wamco

ހެލްތު މިނިސްޓްރީން މިއަދު ބުނީ އެ މަޤާމަށް ހަމަޖައްސާފައިވަނީ އަލްފާޟިލް އަހްމަދު މައުސޫމް ކަމަށެވެ. އެގޮތުން އަހްމަދު މައުސޫމް އަކީ މެނޭޖްމަންޓް ދާއިރާގައި އަދި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން މައުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފައެވެ.

މީގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަކާއި ޑިރެކްޓަރ އެއްގެ މަގާމަށް ވެސް ދެ ބޭފުޅުން ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަން މިނިސްްޓްރީން ހާމަކުރެއެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ އެމްބީއެސް އަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމް މިއަދު ހަމަޖެހުނުއިރު، ވަރަށް އަވަހަށް ފިޒީޝަނެއް ވެސް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން އެތަނަށް މިވަގުތަށް ބޭނުންވާ 5 ނަރުހުން ހޯދުމަށްވެސް މިއަދު އިއުލާން ވަނީ އިއުލާންކޮށްފައެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ޙައްލުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

އަދި ތެލަސީމިއާ ކުދިންނަށާއި، ސެންޓަރުގެ ދަތިތައް ހައްލުކުރެއްވުމުގެ މަސައްކަތް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދިއުމަށް އެމަނިކުފާނު އިއްޔެ އެމްބީއެސް އަދި އެމްބީއެސްގެ މަސައްކަތް ބަދަލުކުރަން ނިންމާފައިވާ އޮރެންޖް ހިޔާ އަށް ވަޑައިގެން އެތަންތަން ބެއްލެވުމަށް ފަހު ކުރެވުނު މަޝްވަރާއަށް ފަހު ވަނީ ނިންމަވާފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside