logoEN
Sto top
މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމަށް ހުރި ދަތި ތަކަށް ބޮޑު ހައްލެއް!

މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމަށް ހުރި ދަތި ތަކަށް ބޮޑު ހައްލެއް!

އަހުމަދު ޝުރާއު

logo

3/24/2025, 9:47:11 AM

# ހެލްތު މިނިސްޓްރީ

-

މެޑިސިން ކިޔަވާ ދަރިވަރުންނަށް އިންޓަރންޝިޕް ހެދުމަށް ހުރި ދަތި ތަކަށް ބޮޑު ހައްލެއް ހޯދައިދީފި އެވެ.

Wamco

މީގެ ކުރިން ދިވެހި ދަރިވަރުން ބަންގްލަދޭޝްއިން އެމް.ބީ.ބީ.އެސް އިންޓަރޝިޕް ފުރުޞަތު ލިބެނީ ހަމައެކަނި ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ނުވަތަ ޝޭރް-އޭ-ބަންގްލާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ.

މިނިސްޓްރީ އޮފް ހެލްތާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މަސައްކަތާ ގުޅިގެން، ބަންގްލަދޭޝްގައި އެމް.ބީ.ބީ.އެސް އިންޓަރންޝިޕް ފުރުޞަތުތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިތުރު ފަސް ކޮލެޖެއްގައި ދިވެހި ދަރިވަރުންނަށް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު މިހާރު ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

1- Sylhet MAG Osmani Medical College

2- Mymensingh Medical College

3- Rajshani Medical College

4- Shaheed Ziaur Rahman Medical College, Bogura

5- Cox’s Bazar Medical College

މި ފަސް ކޮލެޖަކީވެސް ބަންގްލަދޭޝް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އަދި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލުކުރާ ކޮލެޖްތަކެވެ.

މިގޮތުން ބަންގްލަދޭޝް އިން އިންޓަރޝިޕް ޕްލޭސްމަންޓް ހޯދަން ބޭނުންވާ ދަރިވަރުން މިނިސްޓްރީގެ އީމެއިލް ރިކުއެސްޓް ފޮނުވުމަށް ވަނީ އެދިފައި އެވެ.

އިންޓަރޝިޕް ފުރުޞަތު ރާއްޖެއިންވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ކުރެވޭކަމާއި އަދި މިއަހަރު އިތުރު ސަރުކާރު ހޮސްޕިޓަލް ތަކުގައި އިންޓަޝިޕް ފެށުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside