
--
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ހައްޔަރުކޮށްފި އެވެ.

އިތުބާރުހުރި މަސްދަރަކުން ގާފު ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި ޝަމްއާން ހައްޔަރުކުރީ މީގެ އިރުކޮޅެއް ކުރިންނެވެ.
އެގޮތުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މައްސަލައިގެ ތަހުގީގަށް މިރޭ ފުލުހުންގެ ހެންވޭރު ސްޓޭޝަނަށް ހާޒިރުކުރުމަށްފަހުގައި ކަމަށް ގާފު ނޫހަށް ވަނީ މައުލޫމާތު ލިބިފައި އެވެ. އެގޮތުން ޝަމްއާން އަމިއްލަ އަށް ހެންވޭރު ފުލުހަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއިން މިރޭ ރާއްޖޭގެ ނޫހަކުން ވަނީ ޝާއިރުކޮށްފައި އެވެ. އެގޮތުން ޝަމްއާން މިރޭ ފުލުހަށް ހާޒިރުވީ އޭނާގެ އަނބިކަނބަލުންނާއި އެކުގައި އެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޝަންމާން މިރޭ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.