logoEN
Sto top
ޝަމްއާން ދިރިއުޅޭ ގެ ބަލާފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް!

ޝަމްއާން ދިރިއުޅޭ ގެ ބަލާފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

3/21/2025, 4:12:58 PM

# މުހައްމަދު ޝަމްއާން

--

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ ގެއަށް ކޯޓު އަމުރަކާއި ފުލުހުން ވަދެއްޖެ އެވެ.

Wamco

ޝަމްއާންގެ ގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެފައިވަނީ އިމިގްރޭޝަން އޮފިސަރުން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިގެން މިހާރު ފުލުހުން ފަށާފައިވާ ޚާއްސަ ތަހުގީގުގެ ތެރެއިންނެވެ.

މިގޮތުން މި މައްސަލަ އާއި ގުޅިގެން ޝަމްއާންގެ ގެއަށް ފުލުހުން ވަދެފައިވަނީ ރޭގެ ވަގުތެއްގައި އެވެ. އަދި އެގެ ބަލާފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ބައެއް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އިތުބާރުހިފޭ މަސްދަރުތަކާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުން ވަނި ރިޕޯޓުކޮށްފައި އެވެ. ފުލުހުން ޝަމްއާން ދިރިއުޅޭ ގެއިން ހޯދި ފައިސާގެ އަދަދު ބައި މިލިއަނަށް އަރާ ކަމަށްވެސް ބައެއް ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

އިމިގްރޭޝަން އޮފިސަރުން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަނާއި ގުޅިގެން އެއިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭ ގެއެއް ބަލައި ފާސްކޮށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ޝަމްއާންގެ ގެ ބަލާފާސްކުރުމާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައި ނުވެއެވެ. އަދި ޝަމްއާންގެ މައްޗަށް ކުރަނީ ކޮން ތުހުމަތެއްކަންވެސް އަދި މިހާތަނަށް ހާަމަކޮށްފައި ނުވެއެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ކުއްލި ގޮތަކަށް ވަކިކުރީ އިއްޔެގެ ވަގުތެއްގައި އެވެ. އިމިގްރޭޝަން އޮފިސަރުންނާއި ގުޅޭ މައްސަލައެއް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކުރީ ޝަމްއާން މަގާމުން ވަކިކުރިކަން ރާއްޖޭގެ ނޫސްތަކުން ރިޕޯޓުކުރަން ފެށިތާ އިރުކޮޅެއްގެ ތެރޭގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside