
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ވޭޕްތަކަކާއި ވޭޕްކުރަން ބޭނުންކުރާ ސަމާނުތަކެއް އަތުލައިގެންފި
# ކަސްޓަމްސް ސާވިސަސްމީގެ ކުރިން ރާއްޖެ އެތެރެކުރަނިކޮށް އަތުލައިގަތް ވޭޕްތަކެއް
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ވޭޕްތަކަކާއި ވޭޕްކުރަން ބޭނުންކުރާ ސަމާނުތަކެއް އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ސިއްރުން ރާއްޖެއަށް އެތެރެކުރަން އުޅުނު ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ހިމެނޭގޮތަށް 2062 އައިޓަމް ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.
އެގޮތުން މި ތަކެތި އަތުލައިގަނެފައިވަނީ މެލޭޝިޔާއިން އިއްޔެ ރާއްޖެ އައި 3 ފަސިންޖަރެެއްގެ ލަގެޖުގައި ވޭޕް އާއި ވޭޕްކުރަން ބޭނުންކުރާ ސާމާނު ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެގޮތުން އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ 1714 ނެނޯ ސްޓިކް އާއި 200 ޓެރިޔާ ސްޓިކް އާއި 96 ކެލިބަރން ކާޓްރިޖް އާއި 50 ވީމެޓް ކާޓްރިޖްގެ އިތުރުން 2 ވޭޕް ލިކުއިޑް ފްލޭވާ ފުޅި އެވެ.
މަސްޓަމްސްއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ހާމަކުރި މި މައްސަލައާއި ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި މިހާތަނަށް ކަސްޓްމްސް އަދި ފުލުހުންވެސް ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ކަސްޓަމްސް ޚިދުމަތްތަކުގައި ލުއިދޭ ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓު!

ކަސްޓަމްސްގެ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެނީ
.webp&w=3840&q=75)
ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި އަވަހަށް ރަޖިސްޓްރީވުމަށް ކަސްޓަމްސްއިން އެދެފި
