logoEN
Sto top
ސްކޭމްގެ މައްސަލަތަކާ ގުޅޭ ފިޔަވަޅުތައް ދެން އަޅާނީ އެންޓި-ސްކޭމް ސެންޓަރުން!

ސްކޭމްގެ މައްސަލަތަކާ ގުޅޭ ފިޔަވަޅުތައް ދެން އަޅާނީ އެންޓި-ސްކޭމް ސެންޓަރުން!

އަހުމަދު ޝުރާއު

logo

3/18/2025, 8:04:33 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ނިންމަވައިފިއެވެ.

Wamco

ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2024-2028 ސްޓްރެޓީޖިކް ޕްލޭންގެ ދަށުން 2024 ވަނަ އަހަރުގެ ޖޫން މަހު ' އެންޓި-ސެކޭމް ސެންޓަރު'ގެ ނަމުގައި ޚާއްސަ މަރުކަޒެއް ވަނީ ޤާއިމްކޮށްފައެވެ.

މިގޮތުން މި އަހަރުގެ މާޗު މަހުގެ 17ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅޭ އެންމެހައި ފިޔަވަޅުތައް މިއަދުން ފެށިގެން އަޅާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށް މިވަނީ ނިންމަވާފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިއައު ނިޒާމުގެ ދަށުން، ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ޚާއްސަ ކޯލް ސެންޓަރެއްވެސް ވަނީ ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓުކުރެވޭ ހިސާބުން ފެށިގެން ، މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށް ގެންދާނީ އެންޓި-ސްކޭމް ސެންޓަރުންނެވެ.

އެހެންކަމުން މިއަދުން ފެށިގެން ނެޝަނަލް އިމަޖެންސީ ނަންބަރު 911 އާއި އެންޓި-ސްކޭމް ހޮޓްލައިން 125 ( އެކްސްޓެންޝަން 2020) އަދި އެންޓި-ސްކޭމް ސެންޓަރުގެ އީމެއިލް މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންމެ ހިސާބަކުން ވެސް ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓް ކުރުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހިފައެވެ.

ފާއިތުވި ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ޚިދުމަތާއި މާލީ އިދާރާތަކުން ކުރަމުންދިޔަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި އެފަދަ މައްސަލަތައް ވީ އެންމެ އަވަހަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓު ކުރުމަށްވެސް ފުލުހުންގެ ޚިދުމަތުން އެދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside