logoEN
Sto top
ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަނެއް ކުރިޔަށް ގެންގޮސްފި

ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ އިންސްޕެކްޝަނެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

5/7/2025, 12:13:08 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

އއ. ތޮއްޑޫގައި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އިންސްޕެކްޝަން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި މެއި މަހުގެ 5 އިން 7 އަށް އެއާޕޯޓް އެންޑް ޓޫރިސްޓް ޕޮލިހާއި، އއ. އަތޮޅު ޕޮލިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 38 ގެސްޓް ހައުސްއަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

އިންސްޕެކްޝަންގެ ތެރެއިން ސަލާމަތީ މިންގަނޑަށް ނުފެތޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާއިރު މި ފްރޮގްރާމަށް ތޮއްޑޫ ގެސްޓްހައުސް ތަކުން ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ފުލުހުން ވަނީ ތޮއްޑޫ ކައުންސިލާ ބައްދަލުކޮށް، ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ތޮއްޑޫގެ މޫދަށްއެރޭ ސަރަހައްދުތަކުގައި ފަތުރުވެރިންނަށް ހާއްސަކޮށްގެން މުހިންމު މައުލޫމާތު ހިމަނައިގެން ބީޗް ބޯޑުތައް ޖެހުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، ޓޫރިސްޓް ފެސިލިޓީތަކުގެ އިންސްޕެކްޝަން ޕްރޮގްރާމަކީ ތޮއްޑޫއަށް ވަރަށް މުހިންމު ބޭނުންތެރި ޕްރޮގްރާމެއް ކަމަށާ އަދި ޓޫރިސްޓު ޕޮލިސްގެ އެހީތެރިކަން ތޮއްޑޫއަށް ވަރަށް މުހިންމުކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside