
--
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު. ނަންބަރުދރ 310، އަޙްމަދު ޝުޖާޢު (44އ) އެވެ.
ފުލުހުން ބުނީ މީނާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ފުލުހުން މިއަދު ޕެޓްރޯލްކުރަމުންދިޔައިރު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހުގައި ކަމަށެވެ.
އެގޮތުން މިއަދު 11:08 އެހައިކަންހާއިރު ހިޔާޓަވަރު 2 ގެ ތިންވަނަ ފަންގިފިލާގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު އެ ޓަވަރުގެ ސިޑިން އޭނާ ފޭބިއިރު ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރުމުން އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ބަނގުރަލާައި އެކު ރާޖަގޯޕާލުއާއި ތަލަޕަތީ ފުލުހުންގެ ހައްޔަރަށް!

އެކްޓިންގ ސީޕީ ނަވީން ފުލުހުންގެ ސުޕްރިންޓެންޑެންޓް ރޭންކުގެ އޮފިސަރުންނާއި ބައްދަލުކުރައްވައިފި

ފުލުހުންގެ ލީޑަރޝިޕަށް ބޮޑެތި ބަދަލުތަކެއް!
