
އެމެރިކާއިން އިއްޔެ ޔަމަނަށް ދިން ހަމަލާތަކާއި އެކު މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގައި ހޫތީން އެމެރިކާގެ އަސްކަރީ މަނަވަރަކަށް ވަރުގަދަ ހަމަލާއެއް ދީފި އެވެ.

ޔަމަނުގެ ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާއިން ޔަމަނަށް ދިން ބޮމުގެ ހަމަލާއަށް އެ ޖަމާއަތުން ރައްދު ދީފައިވަނީ ރަތްކަނޑުގައި އޮތް އެމެރިކާގެ މަނަވަރެއް ކަމަށްވާ ޔޫއެސްއެސް ހެރީ އެސް ޓްރޫމަންއަށް ބެލިސްޓިކް މިސައިލާއި ޑްރޯން އަކުން ހަމަލާދީގެން ކަމަށެވެ.
އެ ޖަމާއަތުގެ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްޔާ ސާރީ ވިދާޅުވީ ހޫތީ ސިފައިން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ހެރީ އެސް ޓްރޫމަންއަށް އަމާޒުކޮށް ހިންގީ "ކޮލިޓޭޓިވް އޮޕަރޭޝަނެއް" ކަމަށެވެ."އަޅުގަނޑުމެންގެ ސިފައިން ޓްރޫމަން އެއާކްރާފްޓް ކެރިއަރަށް އަމާޒުކޮށްފައި ވަނީ 18 ބެލިސްޓިކް އަދި ކްރޫޒް މިސައިލާއި ޑްރޯނެއް،" އޭނާ ވިދާޅުވި އެވެ.އެގޮތުން މި ހަމަލާތައް ދޭން މަޖުބޫރުވީ އެމެރިކާއިން ޔަމަނުގެ އެކި ސަރަޙައްދުތަކަށް 170 އަށްވުރެ ގިނަ ވައިގެ ޙަމަލާދިނުމާއި ގުލިގެން ކަމަށްވެސް އޭނާ ވިދާލުވިއެވެ. އޭނާ އިތުރުަށް ވިދާޅުވީ އިސްރާއީލުން ގައްޒާއަށް އެހި ވެއްދުން ހުއްޓުމަކަށް ގެނައި ގެނައުން ނިމުމަކަށް އަންނަންދެން އެ ޖަމާއަތުން އިސްރާއީލާ ގުޅުން ހުރި އުޅަނދުތަކަށް ރަތް ކަނޑުން އިތުރު ހަމަލާތައް ދޭނެ ކަމަށެވެ.
އެމެރިކާއިން ޔަމަނަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަަދަދު ވަނީ 30 އަށްވުރެ މައްޗަށް އަރާފައި އެވެ.