logoEN
Sto top
އެމެރިކާގެ ހަމަލާގައި ޔަމަނުން ޝަހީދުވި މީހުންގެ އަދަދު 30 އަށްވުރެ މައްޗަށް: ހޫތީން ބަދަލު ހިފާނެ ކަމުގެ އިންޒާރުދީފި

އެމެރިކާގެ ހަމަލާގައި ޔަމަނުން ޝަހީދުވި މީހުންގެ އަދަދު 30 އަށްވުރެ މައްޗަށް: ހޫތީން ބަދަލު ހިފާނެ ކަމުގެ އިންޒާރުދީފި

އަހުމަދު ޝުރާއު

logo

3/16/2025, 3:29:05 PM

# ހޫތީން

އެމެރިކާގެ އަސްކަރިއްޔާއިން ރޭ ޔަމަނަށް ދިން ވަރުގަދަ ހަމަލާތަކާއި އެކު އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫތީ ޖަމާއަތުން ދިފި އެވެ.

Wamco

ހޫތީންގެ ޕޮލިޓިކަލް ބިއުރޯ އިން ބުނީ އެމެރިކާގެ ވައިގެ ހަމަލާތަކުގެ ނުރައްކާތެރި ރާޅަށް ފަހު ޔަމަނުގެ ހަނގުރާމަވެރިން ތިބީ އެމެރިކާއިން ފެށި "އިތުރު ހަމަނުޖެހުންތަކާ ކުރިމަތިލާން ފުރިހަމައަށް ތައްޔާރަށް" ކަމަށެވެ.

ހޫތީން ބުނީ ހަމަލާތައް "ޖަވާބެއް ނުދީ ނުތިބޭނެ " ކަމަށާއި ސަބަބަކީ އެމެރިކާގެ ހަމަލާއަކީ ޖިނާއީ ބޮޑު ކުށަކަށް ވުން ކަމަށެވެ. އެމެރިކާއިން ދިން މި ވައިގެ ހަމަލާތަކުގައި ކުޑަކުދިންވެސް ހިމެނޭހެން 30 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ހޫތީން ތުހުމަތު ކުރަނީ އެމެރިކާއިން މި ހަމަލާތައް އަމާޒުކުރީ އާންމުންނަށް ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ޔަމަނަށް ހަމަލާދޭން ފަށާފައި ވަނީ "އެމެރިކާގެ މަސްލަހަތު ދިފާއުކޮށް، ދުޝްމަނުން ހުއްޓުވައި، ދަތުރުފަތުރުކުރުމުގެ މިނިވަންކަން އަލުން އިއާދަކުރުމަށް" ކަމަށެވެ. އެގޮތުން އިޒްރޭލާއި ދެކޮޅަށް ހޫތީން ރަތް ކަނޑުގައި ފެށި ޚާއްސަ އޮޕަރޭޝަންގައި ޔަހޫދީންނަށް ވާގިވެރިވާ ގައުމުތަކާއި ކުންފުނިތަކުގެ އުޅަނދުތަކަށް ހޫތީން ވަނީ ފާއިތުވި 17 މަސްދުވަހުގެ ތެރޭގައި ބޮޑެތި ހަމަލާތަކެއް ދީފައި އެވެ.

ޔަމަނަށް ދިން ވައިގެ ހަމަލާތަކުގައި ހޫތީންގެ ގިނަ ލީޑަރުން ތަކެއް ޝަހީދުކޮށްލާފައިވާ ކަމަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މައިކަލް ވޯލްޓްޒް މިއަދު ވަނީ ބުނެފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside