
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
# ކަސްޓަމްސް ސާވިސަސް--
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މިކަން ހާމަކޮށް ކަސްޓަމްސްއިން މިއަދު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި އެއިދާރާއިން އަތުލައިގެންފައިވާ ކަމަށާއި އަތުލައިގަތް މަސްތުވާތަކެއްޗަކީ ކެނެބިސްކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.
އަތުލައިގަތް ތަކެތީގެ ވަގުތީ ބަރުދަނުގައި 1097ގުރާމު ހުރި އިރު އެތަކެތީގެ މަގުމަތީ އަގަކީ 877,600.00 ރުފިޔާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.
ނަމަވެސް މި މައްސަލައާއި ގުލިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުންނާއި ކަސްޓަމްސްއިން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.
ގުޅުންހުރި

ކަސްޓަމްސް ޚިދުމަތްތަކުގައި ލުއިދޭ ޕްރޮގްރާމުގެ ފުރަތަމަ ކުންފުންޏަކަށް އިންނަހުރާ މޯލްޑިވްސް ރިސޯޓު!

ކަސްޓަމްސްގެ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެނީ
.webp&w=3840&q=75)
ނޭޝަނަލް ސިންގަލް ވިންޑޯ ޕްލެޓްފޯމުގައި އަވަހަށް ރަޖިސްޓްރީވުމަށް ކަސްޓަމްސްއިން އެދެފި
