
--
މައްކާ ރޫޓް އިނީޝިއޭޓިވް ގައި، ރާއްޖެ ހިމަނައި ދެއްވުމަށް އެދި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ އިން ސައުދީގެ ހައްޖު މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

މިއަދު މީޑީއާތަކަށް ފޮނުއްވި މެސެޖެއްގައި މިކަން ހާމަކުރެެއްވީ ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ޝަހީމް ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނިގެން ދިޔުމާއި އެކު ރާއްޖޭގެ ޙައްޖުވެރިން ސައުދީ ( ޖިއްދާ) އެއާޕޯޓްގައި އިމިގްރޭޝަންގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް މަޑުކުރާކަށް ނުޖެހޭނެ ކަމަށާއި ފައިބާ ގޮތަށް ހޮޓަލަށް ދެވޭނެ ކަމަށެވެ.އަދި ހައްޖުވެރިން އަމިއްލަ ޤައުމުން ފުރާނީ ސައުދީ އެއާޕޯޓްގައި ކުރަންޖެހޭ ކަންކަން ވެސް ކޮށްގެން ކަމަށެވެ.
ޝަހީމް ވިދާޅުވިގޮތުގައި މިހާތަނަށް މި ފުރުޞަތު ލިބިފައިވަނީ ޖުމުލަ 7 ޤައުމަކަށެވެ.
" އަޅުގަނޑު އުންމީދުކުރަނީ މި ފުރުޞަތު ރާއްޖެއަށް ލިބިގެންދާނެ ކަމަށް. އެކަމަށްޓަކައި މިދަނީ މަސައްކަތްކުރަމުން. ހައްޖުވެރިންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް." ޝަހީމް ވިދާޅުވިއެވެ.
މައްކާ ރޫޓް އިނީޝިއޭޓިވް އަކީ ބޭރުގެ ހައްޖުވެރިންނަށް، ހައްޖުގެ ތަޖުރިބާ ސްޓްރީމްލައިން ކުރުމުގެ ގޮތުން ކުރިއަށް ސައުދީ ސަރުކާރުން ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. އެޕްރޮގްރާމުގެ ބޭނުމަކީ ހައްޖަށް ދާ މީހުންނަށް ސައުދީ އަރަބިއްޔާއަށް ފުރުމުގެ ކުރިން އަމިއްލަ ގައުމުގެ އެއާޕޯޓުތަކުގައި އިމިގްރޭޝަންގެ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ފުރުސަތު ދީގެން ދަތުރުފަތުރުގެ ކަންކަން ލުއިކޮށްދިނުމެވެ. މިއީ ސަޢޫދީ ވިޝަން 2030 އާއި ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއި އެކު ދިވެހި ހައްޖުވެރިންނަށް ގިނަ ލުއިފަސޭހަތަކެއް ހޯދައިދިނުމަށް މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައި އެވެ.
ގުޅުންހުރި

ނަމާދު މަތިވެރިކުރުން ޕްރޮގުރާމް: އަހަރުގެ މިހާތަނަށް 170 ސެޝަން!

މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމަށް ރާއްޖެއިން އެދެފި

މަސްޖިދުއްނަބަވީގެ އިމާމު، ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވައިފި
