
--
މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލްް ޠާރިޤް އިބްރާހީމް، ޖަރުމަނުގެ ޓްރެވަލް އެސޯސިއޭޝަނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ޖަރުމަނުގެ ބަރލިންގައި މިހާރު ކުރިއަށްދާ އައި.ޓީ.ބީ 2025 ގެ ހަވާސާގައި އެވެ.
މި ބައްދަލުވުމުގައި ޔޫރަޕުގެ މާކެޓްތައް ފުޅާކުރުމާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.
އެގޮތުން މި ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ ޖަރުމަނުގެ ޓްރެވަލް އެސޯސިއޭޝަނާއެކު ކުރެވުނު މަޝްވަރާތަކަކީ ވަރަށްަރަށް އުފެއްދުންތެރި މަޝްވަރާތަކެއް ކަމަށާއި ޔޫރަޕުގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަގުފަހިވާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
ޖަރުމަނުގެ ޓްރެވަލް އެސޯސިއޭޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސްވެރިއެއް ވިދާޅުވީ، ދިވެހިރާއްޖެއަކީ ޔޫރަޕުގެ ފަތުރުވެރިންގެ މެދުގައި ވަރަށް މަޤްބޫލު މަންޒިލެއް ކަމަށާއި މި މަޝްވަރާތަކުގެ ސަބަބުން ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެ، ރާއްޖާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވިދާނެ އިތުރު މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމާއި، އައު އައު ތަޖުރިބާތައް ތަޢާރަފުކުރުން ހިމެނެއެވެ.
މިނިސްޓަރ ޠާރިޤް އިބްރާހީމް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މި ބައްދަލުވުމަކީ އެ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
އައި.ޓީ.ބީ 2025 ގައި ރާއްޖެއިން ބައިވެރިވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކަށް ދައްކުވައިދެމުންދެއެވެ.
ގުޅުންހުރި

ޔޫއެން ޓޫރިޒަމް ރީޖަނަލް ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

އިންޑޮނޭޝިއާ އެކު ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކޮށްފި

ޝަންގްރިލާ އަލުން ހުޅުވުމާ ބެހޭ ގޮތުން ސަރުކާރުން ޝަންގްރިލާ މެނޭޖްމަންޓާ މަޝްވަރާކޮށްފި
