logoEN
Sto top
ރަސްމީ ދަތުރުފުޅެއްގައި ހަލީލް ސައުދީއަށް!

ރަސްމީ ދަތުރުފުޅެއްގައި ހަލީލް ސައުދީއަށް!

އަހުމަދު ޝުރާއު

logo

3/6/2025, 5:56:09 PM

# ފޮރިން މިނިސްޓްރީ

--

ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ސައުދީގެ ޖިއްދާއަށް ފުރާވަޑައިގެންފި އެވެ.

Wamco

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ސައުދީއަށް ކުރައްވާ ދަތުރުފުޅަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުއްގައި ބައިވެރިވެޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އެ ބައްދަލުވުމަކީ ފަލަސްތީނުގެ ރައްޔިތުން އެ ގައުމުން ނެރުމަށް އިޒްރޭލުން ގޮވާލާފައިވާ ގޮވުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

މި ސަމިޓަކީ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވާ ސަމިޓެކެވެ.

މި ސަމިޓު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައި ޖިއްދާގައި ހުންނަ އޯއައިސީގެ މައި މަރުކަޒުގައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside