
ޑްރައިވިންގ ލައިސަންސް ތިއަރީ އިމްތިޙާނު މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކުރިއަށް ގެންދަން ފަށަނީ
# ޓްރާންސްޕޯޓް މިނިސްޓްރީ--
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިޙާނު ޓްރާންސްޕޯޓު މިނިސްޓްރީއިން ކުރިޔަށް ގެންދަން ފަށަން ނިންމައިފި އެވެ.

މިހާތަނަށް މި އިމްތިޙާނު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޕޮލިޓެކްނިކުންނެވެ. ނަމަވެސް މިއަދުން ފެށިގެން މި ޚިދުމަތް ފޯރުކޮށްދޭނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައި އެވެ. މި ބަދަލާއެކު، އިމްތިޙާނު ހެދުމުގެ އިންތިޒާމުތައް އަދި ކަމާގުޅޭ އެހެނިހެން ކަންކަން ބަލަހައްޓާނީ ސީދާ މިނިސްޓްރީންނެވެ.
ގްރޭޓަރ މާލެ ސަރަޙައްދުން މި ޚިދުމަތަށް އެދޭ ފަރާތްތަކުން ސަވާރީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާއިރު، ތިއަރީ އިމްތިޙާނު ހަދާ ސެންޓަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިޚްތިޔާރު ކުރަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ބަދަލުގެ ސަބަބުން، ޑްރައިވިންގ ލައިސަންސް ހެދުމުގެ މަރުޙަލާތައް އެއް ތަނަކުން ކުރިއަށް ގެންދެވޭނެއެވެ.
ގުޅުންހުރި

އައު ލައިސެންސް ޓްރެކަކާއި އެކު ދާންދޫއިން "އޭ" ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ދޫކުރަން ފަށައިފި

ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ޖުލައި މަހު ފަށަނީ

ފަހު 10 ގެ ބަންދާއި ދިމާކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް!
