logoEN
Sto top
ދަރިވަރުންގެ ޢިޙްޔާ ފޯރަމްގެ ދެވަނަ ފޯރަމް މިރޭ، ހުށައަޅައިދޭނީ ސީއެޗްއެސްސީއިން!

ދަރިވަރުންގެ ޢިޙްޔާ ފޯރަމްގެ ދެވަނަ ފޯރަމް މިރޭ، ހުށައަޅައިދޭނީ ސީއެޗްއެސްސީއިން!

އަހުމަދު ޝުރާއު

logo

3/5/2025, 8:31:16 AM

# އިހްޔާ ފޯރަމް

--

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ދަރިވަރުންގެ އިޙްޔާގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެއެވެ.

Wamco

މިރޭގެ ފޯރަމް ހުށައަޅައިދިނުމަށް ހަމަޖެހިފައިވަނީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން، ސީއެޗްއެސްސީ މާލޭގެ ދަރިވަރުންނެވެ.

މިރޭގެ ފޯރަމްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ "މިސްކިތްތަކުގައި ވަގުތު ހޭދަކުރާ ހިތްވާ ބަޔަކަށް ވުމަށް ކުރެވިދާނެ ކަންކަން" މި މަޢޫޟޫއަށެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި މާލެ ސަރަޙައްދުގެ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުންނާއެކު، އެދަރިވަރުން ހުށަހަޅައިދޭ ގޮތަށް ބާއްވާ އިޙްޔާ ފޯރަމެކެވެ. މިޕްރޮގުރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މަތީޘާނަވީ ސްކޫލްތަކުގެ ދަރިވަރުން މައުޟޫޢުތަކަށް ތައްޔާރުވެ، ހުށަހަޅާ ޕްރޮގުރާމެއްގެ ގޮތުގައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައެވެ. މި ފޯރަމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ދަރިވަރުންގެ އިޙްޔާ ފޯރަމްގައި 6 ސްކޫލަކުން ހުށައަޅައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (މާލެ)، ސެންޓަރ ފޮރ ހަޔަރ ސެކަންޑަރި އެޑިޔުކޭޝަން (ހުޅުމާލެ) ގެ އިތުރުން ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލްއެވެ.

ފުރަތަމަ ފޯރަމްގައި މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާއިން ވަނީ ފުރިހަމަ ހުށައެޅުމެއް ހުށައަޅައިދީފައެވެ.

ދަރިވަރުންގެ އިޙްޔާ ފޯރަމްތައް އޮންނާނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގެ ރޭގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside