logoEN
Sto top
އަތޮޅު އިހްޔާ 1445: ތިންވަނަ ފޯރަމް މާދަމާ ރޭ ތިނަދޫ ސިޓީގައި!

އަތޮޅު އިހްޔާ 1445: ތިންވަނަ ފޯރަމް މާދަމާ ރޭ ތިނަދޫ ސިޓީގައި!

އަހުމަދު ޝުރާއު

logo

3/18/2024, 5:00:11 PM

# އިހްޔާ ފޯރަމް# އިސްލާމިކް މިނިސްޓްރީ

ތިނަދޫ ސިޓީގައި ބާއްވާ އިހްޔާ ފޯރަމް

ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އަތޮޅު އިހްޔާ ފޯރަމް ތަކުގެ ތެރެއިން ބާއްވާ 3 ވަނަ ފޯރަމް މާދަމާ ރޭ ތިނަދޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

Wamco

މިއަހަރުގެ ފުރަތަމަ އަތޮޅު އިހްޔާ ފޯރަމް ބާއްވާފައިވަނީ ރަމަޟާން މަހުގެ 2ވަނަ ދުވަހު ލ. ފޮނަދޫގައެވެ. އަދި އަތޮޅު ފޯރަމްގެ ދެވަނަ ފޯރަމް ރަމަޟާން މަހުގެ 5 ވަނަ ދުވަހުގެ ރޭ ވަނީ. އޭދަފުށީގައި ބާއްވާފައި އެވެ

ތިނަދޫ ސިޓީގައި ބާއްވާ އަތޮޅު އިހްޔާ ފޯރަމުގެ 3 ވަނަ ފޯރަމް އޮންނާނީ މާދަމާ ރޭ 21:30 ގައިއެވެ. މި ފޯރަމް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސޯޝަލް މީޑިއާ ޗެނަލްތަކުންނާއި ޓީވީ ތަކުން ވަގުތުން ގެނެސްދޭނެ އެވެ.

މާދަމާ ރޭ ބާއްވާ އިހްޔާ ފޯރަމް ގެ މައުޟޫ އަކީ "ރިޒުގު ހޯދުމުގައި ހެޔޮގޮތް އިހްތިޔާރުކުރުން" އެވެ. މި މައުޟޫއަށް ތަގުރީރުކުރައްވާނީ އައްޝައިޚްއިމްތިޘާއު ޢައްބާސް އެވެ.

އަތޮޅު އިހްޔާ ފޯރަމްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް އިނާމުދިނުމަށްވެސް އެވުޒާރާއިން ވަނީ ނިންމާފައި އެވެ. އެގޮތުން ހުރިހާ އަތޮޅު އިހްޔާ ފޯރަމުތަކުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ 1ވަނައަށް ޢުމްރާ ދަތުރެއް، 2 ވަނައަށް ސްމާޓް ފޯނެއް، އަދި 3ވަނައަށް ސޯފާސެޓެކެވެ.

މިއަހަރުގެ ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހްޔާ ފޯރަމްތައް ކުރިޔަށް ގެންދިޔުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމާފައި އެވެ. މީގެ އިތުރުން މިއަހަރު ސްކޫލުތަކަށް ޚާއްސަ ކޮށްގެެން އިހްޔާ ފޯރަމްތައް ބޭއްވުމަށްވެސް އެވުޒާރާއިން ވަނީ ނިންމާފައި އެވެ. އަދި މާލޭގައިވެސް ހާއްސަ އިހްޔާ ފޯރަމްތަކެއް ކުރިއަށް ގެންދިޔުމަށް އެ ވުޒާރާއިން ވަނީ ތާވަލުކޮށްފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside