logoEN
Sto top
ފަތުރުވެރިކަން ކުރި އަރުވަން ޓުއިގެ އިސްވެރިންނާއި ވަޒީރު ބައްދަލުކުރައްވައިފި

ފަތުރުވެރިކަން ކުރި އަރުވަން ޓުއިގެ އިސްވެރިންނާއި ވަޒީރު ބައްދަލުކުރައްވައިފި

އަހުމަދު ޝުރާއު

logo

3/5/2025, 8:16:11 AM

# ޓުއަރިޒަމް މިނިސްޓްރީ

--

އައި.ޓީ.ބީ ބަރުލިން 2025 ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބޭނެ ފަދަ މުހިންމު ބައްދަލުވުމެއް ބާއްވައިފި އެވެ.

Wamco

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް، ދުނިޔޭގެ އެންމެ ބޮޑު ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން އެކެއް ކަމުގައިވާ ޓުއި (TUI) ގެ އިސްވެރިންނާ ބައްދަލުކުރެވިފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ފަތުރުވެރިންގެ މާކެޓާއި އެ ފަރާތްތަކުގެ އުންމީދުތަކާ ގުޅޭ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަޢުލޫމާތުތަކަކީ ރާއްޖޭގެ ފަތުރުވެރިފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ތަރައްޤީކުރުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ކަމުގައިވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޓުއި އާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ފައިދާހުރި ބައްދަލުވުމެއް. ފަތުރުވެރިކަމުގެ މާކެޓާއި ފަތުރުވެރިންގެ އުންމީދުތަކާ ގުޅޭ ގޮތުން ވަރަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެން ދިޔަ. މި މަޢުލޫމާތުތަކަކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖެއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ހެދުމަށްޓަކައި ޓުއި އާއެކު މަސައްކަތްކުރުމަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ މާކެޓް އިތުރަށް ފުޅާކުރުމަށް ޓުއި އާއެކު މަސައްކަތްކުރުމަށް ސަރުކާރުން ތައްޔާރަށް ތިބިކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އައި.ޓީ.ބީ ބަރުލިން 2025 ގައި ރާއްޖެ ތަމްސީލުކުރައްވަނީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ގެ އިސްވެރިންނެވެ. މި މައުރަޒުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވޭނެ ވުޒާރާއިން ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside