
ޕީއެސްއެމްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ހުޅުވި ނަމާދުގެއަށް ނަންދިނީ މަރުހޫމް އާގިލްގެ ނަމުން!
# ޕީއެސްއެމް--
ދައުލަތުގެ މީޑިއާ, ޕީއެސްއެމްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ޓީވީއެމް ބިލްޑިންގ ގައި ޒަމާނީ ނަމާދުގެއެއް ތަރައްޤީކޮށްފި އެވެ.

ޕީއެސްއެމްއިން މިއަދު ބުނީ އެއޮފީހުގައި މިއަދު ހުޅުވި މި ނަމާދު ކޮޓަރިއަށް ނަންދީފައިވަނީ މުސައްލީ އާގިލްގެ ނަމުން ކަމަށާއި މި ނަމާދުގޭގެ ނަން ޚާއްސަކުރީ ދާދި ފަހުން ޑިއުޓީގައި ހުއްޓާ ހާލު ދެރަވެ ފަރުވާ ދެމުންދަނިކޮށް ނިޔާވި އެކުންފުނީގެ ގިނަ ދުވަސްވީ މުވައްޒަފު އާގިލް ޝަމީމް އަށް ކަމަށެވެ.
މި ނަމާދު ގެއަކީ ޕީއެސްއެމްގެ އެމްޑީގެ އިސްނެންގެވުމުގެ ދަށުން އާރްޑީސީގެ އެހީތެރިކަމާއި އެކު ތަރައްޤީކުރި ނަމާދުގެއެއް ކަމަށް ޕީއެސްއެމްއިން ބުނެއެވެ. އަދި މިއަދު މި ނަމާދުގެ ރަސްމީކޮށް ހުޅުވީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ދިމާކޮށް ކަމަށެވެ.
މި ނަމާދުގޭގެ ނަން ޚާއްސަކުރީ މަރްހޫމް އާގިލް އަކީ ދައުލަތުގެ މީޑިއާ އަށް މީގެ 28 އަހަރު ކުރިން ސެޕްޓެމްބަރު 9، 1996 ގައި ހިދުމަތް ކުރަން ފެށި މުވައްޒަފެކެވެ. އެގޮތުން ނިޔާވި އިރު އޭނާ ހުރީ އެކުންފުނީގެ ސީނިއާ މެއިންޓަނަންސް އޮފިސަރުގެ މަގާމުގައި އެވެ.
ގުޅުންހުރި

އެމްޑީ ޝަކީބް ރާއްޖޭގައި މިވަގުތު ނެތްކަން ސިޓީއަކުން އެމްޑީޕީއަށް ރޭ އެންގި: މިނިވަން ދައުލަތުގެ މީޑިއާ ހިންގުމަށް ހުރަސްއެޅުން ހުއްޓާލާ - ޕީއެސްއެމް

ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް ޝަކީބު!

"ނެޝަނަލް ނިއުސް އެޖެންސީ" އިފްތިތާޙުކޮށް، 20 މީޑިއާއަކާއެކު ސޮއިކޮށްފި

.gif&w=3840&q=75)



