
--
ބޭންކް އޮފް މޯލްޑިވްސްގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ ވީބީ، ލޮޓަސް އަދި ފަހި ޕްލާޒާ ގުޅިއްޖެއެވެ.

ބީއެމްއެލުން ބުނީ ރޯދައަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި މި ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ދުވަހަކުވެސް ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
މި ގޮތުން 1 މާރިޗު އިން ފެށިގެން 7 އޭޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި ފިހާރަތަކުން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
"ރަން ފުރުސަތު" ޕްރޮމޯޝަނުގައި ރެޑްވޭވް އަދި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގެ ފިހާރަތައްވެސް ހިމެނެއެވެ.
ގުޅުންހުރި

ބީއެމްއެލް މާސްޓަރކާޑުން ވިޔަފާރިކޮށްގެން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ޓީމްތަކާއެކު ދަނޑަށް އެރުމުގެ ފުރުސަތު!

ބީއެމްއެލް އެޕް އަދި ޕޯޓަލް މެދުވެރިކޮށް މިހާރު ފިޠުރު ޒަކާތް ދައްކާލެވޭނެ!

ބީއެމްއެލްގެ "ރަން ފުރުސަތު " ޕްރޮމޯޝަނާއި ވީބީ, ލޮޓަސް އަދި ފަހި ޕްލާޒާއިން ގުޅިއްޖެ
