
--
ޕީކް މޫސުމަށް ތައްޔާރުވުމަށް ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ ބޮޑުފުޅަދޫގައި އިތުރު ޖަނަރޭޓަރުސެޓެއް ބަހައްޓައި ކޮމިޝަން ކޮށްފި އެވެ.

ސްޓެލްކޯއިން މިއަދު ބުނީ މި އަހަރުގެ ޕީކް ހޭންޑްލިންގއަށް ތައްޔާރުވުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އއ. ބޮޑުފޮޅުދޫގައި އިތުރު ޖަނަރޭޓަރުސެޓެއް ބަހައްޓައި މިހާރު ކޮމިޝަން ކުރެވިފައިވާ ކަމަށެވެ. އެގޮތުން އަލަށް ކޮމިޝަން ކޮށްފައިވަނީ 360 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ކަމަށް އެކުންފުނިން ބުނެއެވެ.
ކެޕޭސިޓީ އިތުރުކުރުމުގެ މި މަސައްކަތާއި އެކު އެރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން ވަނީ އިތުރަށް ކަށަވަރުކުރެވިފައިކަމަށް ސްޓެލްކޯއިން ބުނެއެވެ.
ކުރިޔަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑުމެއްނެތި ދިނުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތާއި އެކޮށް ސްޓެލްކޯއާއި ފެނަކައިން ދަނީ އެކުންފުނިތަކުން ދޭ ކަރަންޓުގެ ހިދުމަތުގެ ކެޕޭސިޓީތައް އިތުރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.