logoEN
Sto top
އީލިވިންގ ގާފު ކުއިޒް: އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދީގެން ފިލިޕްސް އެއާ ޕިއުރިފަޔަރއެއް ހޯދުމުގެ ފުރުސަތު!

އީލިވިންގ ގާފު ކުއިޒް: އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދީގެން ފިލިޕްސް އެއާ ޕިއުރިފަޔަރއެއް ހޯދުމުގެ ފުރުސަތު!

އަހުމަދު ޝުރާއު

logo

2/28/2025, 8:11:48 AM

# އީލިވިންގ ގާފު ކުއިޒް# ރޯދަ1446

--

ކުރިޔަށް އޮތް ރަމަޟާން މަހާ ދިމާކޮށް ގާފު މީޑިއާ ގްރޫޕުން ޚާއްސަ ކުއިޒެއް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ. "އީލިވިންގ ގާފު ކުއިޒް" ގެ ނަމުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކުއިޒަކީ ރާއްޖޭގައި މިހާރު ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ އީލިވިންގ އާ ގުޅިގެން ބޭއްވޭ ކުއިޒެކެވެ.މި ކުއިޒަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ގާފު މީޑިއާ ގްރޫޕުގެ މީސްމީޑިއާ ޕްލެޓްފޯމްތައް (ފޭސްބުކާއި އިންސްޓަގްރާމް) މެދުވެރިކޮށް ކުރިޔަށް ގެންދާނެ ކުއިޒެކެވެ. ރަމަޟާން މަހުގެ 30 ދުވަހު ކޮންމެ ދުވަހަކުވެސް އިސްލާމްދީނުގެ އިލްމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ސުވާލެއް ޝާއިޢުކުރާނެއެވެ.ކޮންމެ ދުވަހެއްގެ ސުވާލު ގާފުގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ޝާއިޢުކުރާނީ އެ ދުވަހެއްގެ މެންދުރު 12:00 ގައެވެ. ބައިވެރިންނަށް ސުވާލަށް ޖަވާބު ދިނުމަށް 24 ގަޑިއިރުގެ މުއްދަތެއް ދެވޭނެއެވެ. އެ ދުވަހެއްގެ ސުވާލަށް ޖަވާބު ދިނުމުގެ ސުންގަޑިއަކީ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 11:59 އެވެ. ސުންގަޑިއަށްފަހު ކޮމެންޓުކުރާ ޖަވާބުތަކާއި އެޑިޓްކުރާ ކޮމެންޓުތައް ބަލައިނުގަންނާނެއެވެ.

Wamco

ސުވާލުގެ ރަނގަޅު ޖަވާބު ސުންގަޑި ހަމަވުމާއެކު ޕޯސްޓުގެ ކޮމެންޓު ސެކްޝަންގައި ހާމަކުރާނެއެވެ.މި ކުއިޒްގައި އެންމެ ގިނަ ސުވާލުތަކަށް ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ފިލިޕްސް އެއާ ޕިއުރިފަޔަރއެއް ލިބިގެންދާނެ އެވެ. ނަސީބުވެރި ފަރާތް ހޮވުމަށް ނިންމާފައިވަނީ އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތްތަކުގެ މެދުގައި ނަގާ ޚާއްސަ ގުރުއަތުލުމަކަށް ފަހުގައެވެ. މި ގުރުއަތުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުއިޒް ނިމޭތާ ހަފްތާއެއްގެ ތެރޭގައެވެ.

މި ކުއިޒްގެ ޓައިޓަލް ސްޕިންސާރ, އީލިވިންގ އަކީ ބަދެގެއަށާއި އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ އިލެކްޓްރޯނިކް ސާމާނުތަކެއް ރާއްޖޭގައި ފުޅާދާއިރާއެއްގައި މިހާރު ވިއްކަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އީލިވިންގ އިން މަޝްހޫރު އިލެކްޓްރޯނިކް ބްރޭޑުންތަކުގެ އޮރިޖިނަލް ޕްރޮޑަކްޓުތައް ލިބިގެންދެއެވެ. އީލިވިންގ އަކީ އޮންލައިން ވިޔަފާރީއެއް ކަމަށްވުމާއި އެކު އެކުންފުނިން ވިއްކާ ޕްރޮޑަކްޓުތަކާއި ތަފްސީލްތައް އީލިވިންގ ގެ ރަސްމި ފޭސްބުކާއި އިންސްޓްރގްރާމް ޕޭޖުން ލިބިވަޑައިގަންނަވާނެ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside