
‘އިންސްޕަޔަރިންގ ޔަންގް ލީޑާސް’ ގެ ނަމުގައި މަޖީދިއްޔާގެ ދަރިވަރުންނަށް ޚާއްސަ ސެޝަނެއް!
# ދިވެހި ފުލުހުންގެ ޙިދުމަތް--
އިންސްޕަޔަރިންގ ޔަންގް ލީޑާސްގެ ނަމުގައި މަޖީދިއްޔާ ސްކޫލު ގެރޭޑް 10 ގެ ދަރިވަރުންނަށް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އަމާންވެށި ޕްރޮގްރާމުގެ ދަށުން މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ޕޮލިސް ނެއިބަހުޑާއި ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް ގުޅިގެންނެވެ.
ފެބުރުވަރީ 26 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނުގައި، ލީޑަޝިޕްއާއި ލީޑަރުންގެ ދައުރާއި ލީޑަރުންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.
އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ވަޒީފާއަަކަށް ކުރިމަތިލާއިރު ވިސްނަންޖެހޭ އަދި ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.
ގުޅުންހުރި

މާލޭގެ ގެއަކަށް ވަދެ އެގޭގެ ވެރިފަރާތަށް ބިރުދައްކައި އަނިޔާކުރި 4 ޒުވާނަކު ހައްޔަރަށް!

ޑިންގީއެއްގައި މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރަށް!

މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީޢަކު ހައްޔަރުކޮށްފި
