
--
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑުކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. މި ނިންމުން ނިންމާފައިވަނީ މިހާރު ކުރިޔަށްދާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ބައްދަލުވުމުގައި އެވެ.
އެގޮތުން މި ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައިވަނީ ޖޭއެސްސީއިން ބަލަމުންދާ މައްސަލަތަކަކާއި ގުޅިގެންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް އަދި މިހާތަނަށް ހާމައެއް ނުވެއެވެ.
ނަމަވެސް ޖޭއެސްސީގެ އިސް އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ ނޫހެއް ކަމަށްވާ " މިހާރު " ނޫހުން ރިޕޯޓުކުރާ ގޮތުގައި ޖޭއެސްސީން ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރީ އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން, އޭސީސީން ބަލަމުންދާ ފަނޑިޔާރުންގެ މައްސަލައިގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާ ކޮށްފައިވާތީ ކަމަށެވެ. އޭސީސީއަކީ ކޮޕަޕްޝަނާއި ގުޅޭ މައްސަލަތައް ތަހުގީގު ކުރާ މައި މުއައްސަސާކަމަށްވާއިރު ފަނޑިޔާރުންގެ މައްސަލައެއް ބަލަމުންދާކަމެއް މީގެ ކުރިން އޭސީސީއަކުންވެސް ހާމަކޮށްފައިނުވެއެވެ.