
--
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުގައި މީގެ އިރުކޮޅެއް ކުރިން ނެގި ވޯޓުގައި ފާސްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދުކޮށް، ދެ ފަނޑިޔާރެއް މަގާމުން ވަކި ކުރަން ލާޒިމްވާ ގޮތަށް ރާއްޖޭގެ ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަންށެވެ.
މި އިސްލާހު ފާސްވީ 68 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެގޮތުން މި އިސްލާހު ފާސްކުރުމަށް ވޯޓަށް އަހާފައިވަނީ ކޮންމެ މެންބަރެއްގެ އަރިހުގައި ވަކިން އަހައިގެންނެވެ.
މިގޮތުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ 68 މެމްބަރަކު މި އިސްލާހަށް ތާއީދުކޮށް ވޯޓު ދެއްވި އިރު އިދިކޮޅުގެ 9 މެމްބަރަކު ވަނީ އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވާފައި އެވެ.
ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހަށް ބިލެއް ހުށަހެލީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބުދުއްސައްތާރު މުހައްމަދު އަމިއްލަ ގޮތުން ކަމަށް ވިދާޅުވެއެވެ. ނަމަވެސް މި އިސްލާހު ފާސްކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ ޕީޖީ އިން ވިޕްލައިނެއް ވަނީ ނެރެފައި އެވެ.
މި ބިލާއި ގުޅޭގޮތުން ޕީއެންސީ ޕީޖީގައި ބޮޑެތި މަޝްވަރާތަކެއް ކުރިޔަށް ދިޔައިރު މި އިސްލާހަށް ގިނަ މެމްބަރުންތަކެއް ވަނީ ދޮކޮޅު ހަދާފައި އެވެ. ނަމަވެސް މިއަދު ނެގި ވޯޓުގައި މެމްބަރުންގެ ރާގު ބަދަލުވެ ވޯޓު ދީފައިވަނީ ޕީޖީ ގްރޫޕުގެ އެންގުމާއި އެއްގޮތަށެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)