logoEN
Sto top
ހުޅުމާލޭ ޖަލުގެ ޤައިދީންނާއި ޢާއިލާތަކަށް ޚާއްސަ ޙަފްލާއެއް ބާއްވައިފި

ހުޅުމާލޭ ޖަލުގެ ޤައިދީންނާއި ޢާއިލާތަކަށް ޚާއްސަ ޙަފްލާއެއް ބާއްވައިފި

އަހުމަދު ޝުރާއު

logo

2/25/2025, 8:20:01 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

--

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުޅުމާލެ ޖަލުގައި ޙުކުމް ތަންފީޛުކުރަމުންދާ ޤައިދީންނާއި ޢާއިލާތަކަށް ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

Wamco

ރޭ އެ ޖަލުގައި ބޭއްވި މި ޙަފްލާގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ބައިވެރިވެ ވަޑައިގެންނެވިއެވެ. ކޮމިޝަނަރގެ އިތުރުން ހުޅުމާލެ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާޑުﷲ، ހެޑް އޮފީހުގެ ސީނިއަރ އޮފިސަރުންނާއި މުވައްޒަފުން އަދި ހުޅުމާލެ ޖަލުގެ ބައެއް އޮފިސަރުންނާއި މުވައްޒަފުން ވެސް މި ހަފްލާގައި ބައިވެރިވިއެވެ.

އަންނަ ރޯދަމަހާ ގުޅުވައިގެން ބޭއްވި މި ޚާއްސަ ޙަފްލާގައި ޤައިދީންނާއި ޢާއިލާތަކުން ވަނީ އެކުގައި އަގުހުރި ވަގުތު ހޭދަކޮށްފައެވެ. އަދި މި ފުރުޞަތު ލިބުމުން އުފާ ފާޅުކޮށްފައިވެއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު މި ޙަފްލާގައި ވަހަކަފުޅު ދައްކަވަމުން ވިދާޅުވީ ޖަލުގައި ބަންދުކުރެވިފައިވާ ޤައިދީންނަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން އެ ފަރާތްތަކަށް ދެވެން އޮންނަ ލުއިތައް ދިނުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ދާކަމަށާއި އެ ފަރާތްތަކާއި ޢާއިލާތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް ބާރުއަޅުއްވާ ކަމަށެވެ. އަދި ޤައިދީން ރިހެބިލިޓޭޓްކުރުމަށް މި ސަރވިސްއިން ކިޔަވައިދޭ އެއްޗެއްސާއި ނަގާދޭ ފިލާވަޅުތަކާއެކު، ޢާއިލާއިން ޤައިދީންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުން މުހިއްމުކަމަށެވެ.

މިއީ ޤައިދީންގެ ރިހެބިލިޓޭޝަނަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ޖަލުން އިސްނަގައިގެން ހިންގި ހަރަކާތެކެވެ. އަދި މި ހަރަކާތުގެ ކާމިޔާބީއަށް ބަލައި، މިފިދަ އިތުރު ހަރަކާތްތައް މުސްތަޤްބަލުގައި ހިންގުމަށް އެ ޖަލުން ރާވާފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside