
މާލޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް--
މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

ފުލުހުން މިއަދު ބުނީ މާލޭގެ މަގެއްގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުގައި މަސްތުވާތަކެތި ހުރިކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕާކްކޮށްފައިހުރި ސައިކަލެއް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އެގޮތުން 2025 ފެބްރުވަރީ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ސައިކަލު މަޑިދަށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 1 ކިލޯއަށްވުރެ ގިނަ އެއްޗެހި ފެނިފައިވާކަން ފުލުހުން ހާމަކުރެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ގުޅުންހުރި

މާލޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ

ހިޔާ ފްލެޓެއް ބަލާފާސްކޮށް މަސްތުވާތަކެއްޗާއި ބަނގުރަލާއިއެކު ތިން މީހަކު ހައްޔަރަށް!

12 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ޒުވާން އަންހެނަކު ހައްޔަރުކޮށްފި
