logoEN
Sto top
12 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ޒުވާން އަންހެނަކު ހައްޔަރުކޮށްފި

12 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ޒުވާން އަންހެނަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

2/21/2025, 3:26:50 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭނެއްގައި ހުޅުމާލޭގައި ހުރި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.

Wamco

ފުލުގހުން މިއަދު ބުނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ތުރާކުނު / އާހިޔާ، މަރްޔަމް ޒީނާ (23އ) ކަމަށެވެ.

މަރްޔަމް ޒީނާ ހައްޔަރުކޮށްފައިވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހުގެ ހިންގި އޮޕަރޭޝަން ގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގެ އެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

މަރްޔަމް ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside