
--
ވޭތުވެދިޔަ އެއް އަހަރުތެރޭ ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން 1677 އަށް ތިން ހާހަށްވުރެ ގިނަ ކޯލަށް ޖަވާބުދެވި ބައެއް ފަރާތްތަކަށް ރިފަރަލް ހަދާފައިވާކަން ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.

މިއަދު އެމިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި ވޭތުވެދިޔަ އެއް އަހަރުތެރޭ 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ޚާއްޞަ ފަރުވާއަށް ރިފަރ ކޮށް، ނަފްސާނީ އެކިއެކި އުނދަގޫތައް ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ
ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙު ކޮށް ޚިދުމަތް ފެށިފައިވަނީ، 21 ފެބްރުއަރީ 2024 ގައެވެ.
ގުޅުންހުރި

މެންޓަލް ހެލްތު ހެލްޕައިނަށް އެއް އަހަރުތެރޭ 3651 ކޯލް!
-1735191121717.webp&w=3840&q=75)
ބޭހުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން: މިނިސްޓަރ

ވޭޕް އާލަތްތައް އަތުލުމުގެ ބާރު ފުލުހުންނަށްދީ ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ ޤަވާއިދު އާންމުކޮށްފި
