logoEN
Sto top
ބޭހުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން: މިނިސްޓަރ

ބޭހުގެ މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން: މިނިސްޓަރ

އަހުމަދު ޝުރާއު

logo

2/13/2025, 10:18:29 AM

# ހެލްތު މިނިސްޓްރީ

--

ބޭހުގެ މައްސަލައަށް ވަރަށް އަވަހަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާޙީމް ވިދާޅުވެއްޖެ އެވެ.

Wamco

އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ރޭ ވިދާޅުވީ ބޭސް ލިބޭ ނިޒާމު ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.

ބޭސް ލިބެން ހުރީވެސް އެންމެ ރަނގަޅު އަގުތަކުގައި ނޫންކަން ފާހަގަކުރައްވާ ނާޒިމް ވިދާޅުވީ މި މައްސަލަ ހައްލުކުރަން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

" އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ޙަޤީގަތަކީ ބޭސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ދޫކުރެވެނީވެސް ލިބޭނެ ނިޒާމް ހުރީކީވެސް އެންމެ ރަނގަޅަށް ނޫންކަން ރަނގަޅުއަގުތަކުގަ ނޫންކަން" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

އެސްޓީއޯ މެދުވެރިކޮށް ބޭހުގެ އަގު ކޮންޓްރޯލް ކުރުމުގެ ނަތީޖާއަކަށްވީ ނާޖާއިޒު ގޮތުގައި ބިލްޑްވަމުން އައި ސިސްޓަމެއްގެ ތެރެއިން އުނދަގޫތަކަކާިއ ކުރިމަތިލާންޖެހުން ކަމަށާއި، ކަމާއި ގުޅޭ ހުރިހާ ފަރާތްތަކާއި އެކު ކުރެވޭ މަޝްވަރާގެ ތެރެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ލަހެއް ނުވެ ފެންނާނެ ކަމަށެވެ.

"ބޭހުގެ މައްސަލައަށް ރަނގަޅު އެދެވޭ ހައްލެއް ލިބިގެންދާނެކަން ޔަގީން،" ނާޒިމް ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ޞިއްހީ ދާއިރާގައި އަބަދުވެސް ހޯދޭ ކާމިޔާބީ އަށް ވުރެ ބޮޑަށް ކަންކަން ހާސިލްކުރަން ކުރަންޖެހޭ ކަންކަމުގެ ގޮންޖެހުން މާ ބޮޑުކަމަށެވެ. އެގޮތުން ކުރިން ކަންކަން ބައްޓަންވެފައި ހުންނަ ގޮތުގެ ނިޒާމަށް ގައި ހުރި ލޫޕް ހޯލްތައް ނުވަތަ ނެގޭ ނާޖާއިޒް ފައިދާ ނެގުން ހުއްޓުވުމަށް ރައީސް އެޅުއްވި ފިޔަވަޅު ތަކުގެ ތެރެއިން އެއް ފިޔަވަޅަކީ ބޭހުގެ އަގު ކޮންޓްރޯލް ކުރުން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside