
އަލިފާން ރޯވެފައިވާ ގޭގެ ފޮޓޯއެއް... ފޮޓޯ: ފޭސްބުކް
ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރުކަން ކުރައްވާފައިވާ މުޙައްމަދު ރަޝީދު ނުވަތަ އާއްމު ނަމުން ނަމަ، މެޓްރިކްސް މޯޑު އައްޑޫ ސިޓީ ހިތަދޫގައި ދިރިއުޅެމުންދާގެ "ގާލެންޑް" އަނދާއަޅިއަށް ވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވިގޮތުގައި، މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، ވަގުތުން ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ. އަލިފާން މުޅިން ނިއްވާލެވުނީ ހެނދުނު 8:05 ހާއިރުގައެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި، "ގާލެންޑް" އަކީ މީހުން ދިރިއުޅެމުން އައި ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން މެޓްރިކްސް މޯޑު އޭނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓެއް ކުރައްވާފައިވެއެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ގޭގެ އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވުނު ކަމަށާއި، މުޅި ގެ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަޙުޤީޤުތައް ކުރިއަށްދާކަމުގެ މަޢުލޫމާތެއްވެސް ލިބިފައެއް ނުވެއެވެ.
ގުޅުންހުރި

ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރުގެ ގޭގައި ރޯވެ އަދައި ހުލިވެއްޖެ

އައްޑޫ ސިޓީގެ ބޭރުން ދަތުރުކުރަމުންދިޔަ ބޯޓެއްގެ ފަޅުވެރިއަކު ހާލު ދެރަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

އައްޑޫ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް މާލެ ގެންނަން އުޅޭކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
