
މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިކުރުވުމަށް ގެމަނަފުށީ ފިހާރަތަކަށް ފުލުހުން ޒިޔާރަތްކޮށް މައުލޫމާތުދީފި
# ދިވެހި ފުލުހުންގެ ޙިދުމަތް--
މަކަރާއި ހީލަތުގެ މައްސަލަތަކުން ވިޔަފާރިވެރިން ރައްކާތެރިކުރުވައި ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން. ގއ. ގެމަނަފުށީ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފިއެވެ.

މި ފެބުރުވަރީ މަހުގެ 19 ވަނަ ދުވަހު ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކުރިއަށް ގެންދިިޔަ މި ހަރަކާތުގައި ރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވެއެވެ.
އެގޮތުން، ފުރޯޑް ކޯލްތަކާއި، ބެންކު ސްލިޕާ މެދު ހާއްސަ ސަމާލުކަމެއްދީ އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށް މައުލޫމާތުދީފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
މީގެ އިތުރުން، ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި “ވަގުންނަށް ފުރުސަތު ނުދެމާ!” މައުލޫމާތު އެކުލެވޭ ލީފްލެޓް ދީފައިވެއެވެ.
ގުޅުންހުރި

މާލޭގައި ޕާކްކޮށްފައިހުރި ސައިކަލެއްގެ މަޑިދަށުން 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިއްޖެ

ހިޔާ ފްލެޓެއް ބަލާފާސްކޮށް މަސްތުވާތަކެއްޗާއި ބަނގުރަލާއިއެކު ތިން މީހަކު ހައްޔަރަށް!

12 ކިލޯގެ މަސްތުވާތަކެއްޗާއިއެކު ހުޅުމާލެއިން ޒުވާން އަންހެނަކު ހައްޔަރުކޮށްފި
