logoEN
Sto top
ސުޕްރީމު ކޯޓުގެ ނިންމުމަކާއި ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނާ ހަބަރު ސަރުކާރުން ދޮގުކޮށްފި

ސުޕްރީމު ކޯޓުގެ ނިންމުމަކާއި ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނާ ހަބަރު ސަރުކާރުން ދޮގުކޮށްފި

އަހުމަދު ޝުރާއު

logo

2/18/2025, 3:03:13 PM

# ސުޕްރީމް ކޯޓު

--

ސުޕްރީމު ކޯޓުގެ ނިންމުމަކާއި ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވިކަމަށް ބުނާ ހަބަރު ސަރުކާރުން ދޮގުކޮށްފި އެވެ.

Wamco

ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތުކުރި ގޮތާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ގުޅޭ ދުސްތޫރީ މައްސަލަ ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ކުއްލި ކެބިނެޓް ބައްދަލުވުމެއް ބޭއްވި ކަމަށްބުނެ ރިޕޯޓު ކޮށްފައިވަނީ ރާއްޖޭގެ ނޫހެއް ކަމަށްވާ "އަދަދު" ނޫހުންނެވެ.

މިކަމާއި ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު ކުއްލި ކެބިނެޓް ބައްދަލުވުމެއް" މި ސުރުޚީގެ ދަށުން އަދަދު ނޫހުން ގެނެސްދީފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

އަދި އެއްވެސް ސައްހަ ކަމެއް ނެތް މިފަދަ ދޮގު މައުލޫމާތެއް، ރައްޔިތުންނަށް އޮޅޭ ގޮތަށް ގެނެސްދިނުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާނެ ކަން ހީނާ ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside