
--
މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ ޢަބްދުالله ޚަލީލް ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިނިސްޓަރު ހަލީލް އަވަށްޓެރި ސްރީލަންކާއަށް ވަޑައިގަންނަވަނީ އެގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓުއަރިޒަމް އޮނަރަބަލް އެޗް.އެމް ވިޖިތާ ހެރަތުގެ ދަޢުވަތަކަށް ކަމަށެވެ. އެގޮތުން މިނިސްޓަރު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
މިނިސްޓަރު ޚަލީލްގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއި ސްރީލަންކާގެ ބޮޑުވަޒީރު އޮނަރަބަލް ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެ އާއި ލަންކާއައި ދެމެދު ރަސްމީ މަޝްވަރާތައް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޚަލީލް ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ސްރީލަންކާގެ ޕްރައިވެޓް ސެކްޓަރ ގެ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޚަލީލްގެ އަރިހުގައި މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީ ފޮރިން މިނިސްޓްރީގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގުޅުންހުރި

ރާއްޖޭގެ ފަރާތުން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބަކަށް މޮންދު!

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކިޔޭ އަށް ވަޑައިގެންފި

ތައިލެންޑަށް އެތެރެވާނަމަ އޮންލައިން ފޯމެއް ފުރަން ޖެހޭގޮތް ހަދަނީ: ދިވެހީން އެކަމަށް ސަމާލުވުމަށް މިނިސްޓްރީގެ އިލްތިމާސް!
-1744078538920.webp&w=3840&q=75)