logoEN
Sto top
ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް އުނގޫފާރުގައި ފުލުހުން ކުރިއަށް ގެންގޮސްފި

ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް އުނގޫފާރުގައި ފުލުހުން ކުރިއަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

2/18/2025, 6:04:59 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ރ. އުނގޫފާރަކީ ކުށްމަދު އަމާން މުޖުތަމައަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ރަށު ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

މި ފެބުރުވަރީ މަހުގެ 15 ވަނަ ދުވަހު އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ރަށުގެ ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، ސްކޭމްގެ މައްސަލަތަކުން ސަލާމަތްވުމަށާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ސަލާމަތްވުމަށާއި ސްކޭމް ނުވަތަ ވައްކަމުގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތުގެ މައުލޫމާތުދީފައިވެއެވެ.

މަކަރާއި ހީލަތުގެ މައްސަލަތަކުން ވިޔަފާރިވެރިން ރައްކާތެރިކުރުވުމަށް ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުން ދަނީ ހިންގަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside