logoEN
Sto top
 ކަނޑުހުޅުދޫގައި ދެއަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި ދެވަނަ ކާފަވެސް ޖަލުގައި މަރުވެއްޖެ

ކަނޑުހުޅުދޫގައި ދެއަހަރުގެ ކުއްޖަކަށް ޖިންސީގޯނާކުރި ދެވަނަ ކާފަވެސް ޖަލުގައި މަރުވެއްޖެ

އަހުމަދު ޝުރާއު

logo

2/14/2025, 10:27:40 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

--

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކަށް އެ ކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައިގައި ކުށްސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ އެކުއްޖާގެ ކާފަ , ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

Wamco

ކަރެކްޝަންސްއިން މިއަދު ބުނީ ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ރޭ ދަންވަރު ކުއްލި ގޮތަކަށް މަރުވެފައިވާ ކަމަށެވެ.

އެގޮތުން އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމްއިން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތެް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށައި ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާކަމަށް ކަނޑައަޅާފައިވަނީ 2:40 ކަށް ހާއިރު ގައި ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

އަދި އޭނާއަކީ ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށްވެސް ކަރެކްޝަންސްއިން ބުނެއެވެ,

އިބްރާހިމް ދީދީ މަރުވުމާއި ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކަށް އެ ކުއްޖާގެ ކާފައާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައިގައި ކުށްސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ އެކުއްޖާގެ މުނިކާފަ ގއ. ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާދީދީ ވެސް ވަނީ ޖަލު ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޖަލުގައި މަރުވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside