
ކުށުން ރައްކާތެރިކުރުވުމަށް ގެމަނަފުށީ ރައްޔިތުންނަށް ފުލުހުން މައުލޫމާތުދީފި
# ދިވެހި ފުލުހުންގެ ޙިދުމަތް--
ކުށުން ރައްކާތެރިވެފައިވާ މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގއ. ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތުދީފިއެވެ،

މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ގެނަމަފުށީ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ހިސާބުތަކުން ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތުދީފައިވެއެވެ.
އެގޮތުން، ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ ބޭނުންކުރާނެ ގޮތާއި ވައިބަރ ހެކްކުރުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތަށް އޮޅުން ފިލުވައި އަދި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. އަދި މުޖުތަމައުގައި އާންމުކޮށް ހިނގަމުންދާ ކުއްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށް، އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ. އަދި މައުލޫމާތު އެކުލެވޭ ލީފްލެޓް ދީފައިވެއެވެ.
ގުޅުންހުރި

ގަމު އިންޖީނުގޭގެ އެއް ޖަނަރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި، ތަހުގީގެއް ފަށައިފި

ޤަވާއިދާ ޚިލާފަށް ޕާކުކުރާނަމަ ޓޯވ ކުރާނަން: ޓްރެފިކް ފުލުހުން

ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފި
.jpg&w=3840&q=75)




