logoEN
Sto top
ވިޔަފާރިތަކަށް ބީއެމްއެލުން ދޫކުރާ ފައިނޭންސްތަކަށް ހެޔޮ ބަދަލުތަކެއް!

ވިޔަފާރިތަކަށް ބީއެމްއެލުން ދޫކުރާ ފައިނޭންސްތަކަށް ހެޔޮ ބަދަލުތަކެއް!

އަހުމަދު ޝުރާއު

logo

2/12/2025, 1:23:14 PM

# ބީއެމްއެލް

--

ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސިންގް ޕްރޮޑަކްޓްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

Wamco

ބީއެމްއެލުން ބަދަލު ގެނެސްފައިވަނީ ރިއަލް އެސްޓޭޓް ފައިނޭންސިންގް އާއި ގެސްޓްހައުސް ފައިނޭންސިންގް ގެ އިތުރުން ވަރކިންގ ކެޕިޓަލް ފައިނޭންސިންގް ޕްރޮޑަކްޓުތަކަށެވެ.

ރިއަލް އެސްޓޭޓް ފައިނޭންސިންގް އަށް ބީއެމްއެލުން ގެނައި އެންމެ ބޮޑު ބަދަލަކަކީ އިކުއިޓީ ( އަމިއްލަ އަށް ކުރަންޖެހޭ ޚަރަދު) 30% އިން 20% އަށް ދަށްކުރުމެވެ. މީގެ އިތުރުން ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްފައިވާއިރު ދިގު މުއްދަތަށް ކުއްޔަށް ހިފުމަށާއި، ކޮންޓްރެކްޓަރުންނާއި، ރިއަލް އެސްޓޭޓް ޑިވެލޮޕަރުންނާއި، ކުންފުނިތަކާއި، މުއައްސަސާތަކާއި ރަޖިސްޓަރ ކޮށްގެން ހިންގާ އެހެނިހެން އިދާރާތަކަށްވެސް ދިގު މުއްދަތުގެ ކުލީ އެގްރީމެންޓާއެކު މިހާރު ފައިނޭންސިންއަށް ހުށަހެޅޭނެގޮތް ވަނީ ހަމަޖައްސާފައި އެވެ.

ގެސްޓްހައުސް ފައިނޭންސިންގް އަށް ގެނައި ބަދަލު ތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ބަދަލަނީ ފައިނޭންސިންގްއަށް ހުށަހަޅާ ގެސްޓްހައުސް ރަހުނުގެ ގޮތުގައި ހުށަހެޅޭނެ ގޮތް ހަމަޖެހިގެން ދިޔުމެވެ. މީގެ އިތުރުން ގެސްޓްހައުސް ހިންގާތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާނަމަ 11% ގެ ރޭޓުން ފައިނޭންސިންގް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު އަލަށް ފަށާ ގެސްޓްހައުސްތަކަށް 12% ގެ ރޭޓުން ފައިނޭންސިންގް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި އެވެ.

އަދި ވަރކިންގ ކެޕިޓަލް ފައިނޭންސިންގް އަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ވިޔަފާރިއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2.5 ގުނަ އިތުރަށް ފައިނޭންސިންގް ނެގޭ ގޮތް ހަމަޖެއްސުމުގެ އިތުރުން ގިނަ ވިޔަފާރިތަކަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ޝަރުތުތައް ލުއިކުރުން ހިމެނެއެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މި ބަދަލަކީ ދިވެހި ވިޔަފާރިތަކަށް އެބޭންކުން ދޭ އަހައްމިއްޔަތުކަން ހާމަވާ މުހިންމު ބަދަލެއް ކަމަށާއި ވިޔަފާރިތަކަށް ބޭނުންވާ ފައިނޭންސިންގް ހޯދަން ފަސޭހަ ކޮށްދިނުމަށް ގިނަ ޝަރުތުތަކެއް ލުއިކޮށް، ބޭންކުން ދަނީ ވިޔަފާރިތައް ކުރިއަރުވައި ވާދަވެރި މާކެޓެއްގައި ވިޔަފާރިތަކަށް ދެމިތިބެވޭނެ ފުރުސަތު ފަހިކޮށްދެމުން ކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside