
އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 3 މިސްކިތެއްގެ މަސައްކަތް ނިމޭނީ އަންނަ އަހަރު މާޗުގައި!
# އިސްލާމިކް މިނިސްޓްރީ--
އަމިއްލަ ފަރާތްތަކުން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތްތައް ނިމޭނެކަމަށް ލަފާކުރާ ތާރީޚުތަކާއި އެ މިސްކިތްތަކުގައި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތަފްސީލް އާއްމުކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި މައުލޫމާތަށް ބަލާއިރު ފެޑޯ ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތް މިހާރު ކުރިއަށްދާއިރު، މިސްކިތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާރިޗު މަސްތެރޭގައެވެ. މީގެ އިތުރުން ބެޗް ކޮންސްޓްރަކްޝަނުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތްވެސް 2026 ވަނަ އަހަރުގެ މާރިޗު މަސްތެރޭގައި ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމުގެ މަސައްކަތެވެ.
އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން އިމާރާތްކުރާ މިސްކިތުގެ ކޮންކްރީޓް އާރޗްތައް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެ މިސްކިތުގެ މަސައްކަތް މިއަހަރުގެ ޑިސެމްބަރަށް ނިމޭނެކަމަށް ލަފާކޮށްފައިވާއިރު ސަންފްރޮންޓުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ މާރިޗު 2026 ގައެވެ.
ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތްތަކުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ނިމޭނެކަމަށް ލަފާކޮށްފައިވަނީ އަޙްމަދު ސަލީމް އަދި ޙަފީޒާ އަޙްމަދުގެ ފަރާތުން އިމާރާތްކުރަމުންދާ މިސްކިތެވެ. މި މިސްކިތުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ނިމޭނެކަމަށް ވަނީ ލަފާކޮށްފައެވެ.
ހުޅުމާލެއާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި އިމާރާތްކުރަމުންދާ މިސްކިތްތަކުގެ މަސައްކަތްތައް އަވަސް ކުރުމަށް، މިސްކިތްތަކުގެ މަސައްކަތްކުރާ ފަރާތްތަކާއި ވުޒާރާއާއި ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުންހުރި

އައިޔޫއެމް ތަރައްޤީ ކުރުމަށް އޯއައިސީގެ ދަށުން ހިންގަމުން އަންނަ ޔުނިވާސީޓީތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި

2024 ވަނަ އަހަރު ކިޔާފައިވާ ޚުޠުބާތަކުގެ އިނގިރޭސި ތަރުޖަމާ ނެރެފި

ފިކުރީ ބަލިމަޑުކަމުގެ ހަގީގީ ހައްލަކީ އިތުބާރުހުރި މަސްދަރުތަކުން އިލްމު ހޯދުން – ވަޒީރު
