
--
ހުޅުމާލެ ފޭސް 2 ވިނަރަސް ޓަވަރުތައް ކައިރީގައި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ މިއަދު 15:50 ހާއިރު ހުޅުމާލެ ފޭސް 2 ވިނަރެސް ފްލެޓު ކައިރިން 2 ސައިކަލު އެކްސިޑެންޓުވި މައްސަލަ އެއިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައި ނުވިނަމަވެސް ފަރުވާ ދިނުމަށްޓަކައި އެކަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައި އެވެ.
އަދި މި އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި މީހުންނަކީވެސް ލައިސެންސް އޮތް ދެމީހުންކަމަށްވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އިތުރަށް ބަލަން ޖެހޭ ކަންކަން އަންނަނީ ބަލަމުންނެވެ.
ގުޅުންހުރި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

ފުލުހުން ދާންދޫ އިސްރަށްވެހިންނާ ބައްދަލުކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ވިނަރެސް ފްލެޓުތައް ކައިރީގައި އެކްސިޑެންޓެއް!
