
ޣައްޒާގެ ބިން "ވަގަށް" ނެގުމުގެ ނިޔަތުގައި ނިރުބަވެރި ނަތަންޔާހޫ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
# ފޮރިން މިނިސްޓްރީ--
ސައުދީ އަރަބިއްޔާގައި ހުސް ބިންތައް ވަރަށް ގިނަ ކަމަށާއި، އެއިން ހުސްބިމެއްގައި ފަލަސްތީނު މީހުންނަށް މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިޒްރޭލުގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

އިސްރާއީލުގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ނަތަންޔާހޫ ބުނީ، ސައުދީ އަރަބިއްޔާގެ ހުސް ބިމެއްގައި ފަލަސްތީނު މީހުންނަށް ދައުލަތެއް ގާއިމްކުރަން ފެންނަ ކަމަށެވެ.
މިކަމާއި ގުޅިގެން ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސަޢޫދީ ޢަރަބިއްޔާގެ ސަރަޙައްދުގެ ތެރޭގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައި އިސްރާއީލުގެ ބޮޑުވަޒީރު ދެއްކި ޒިންމާދާރުކަން ކުޑަ އަދި ހަރުކަށި ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
އަދި ސަޢޫދީ ޢަރަބިއްޔާގެ އިސްތިޤްލާލާއި ސަލާމަތާއި ސަރަޙައްދީ އެއްބައިވަންތަކަމަށް ނުރައްކާވާ ފަދަ އެއްވެސް ވާހަކައަކަށް ދިވެހިރާއްޖެއިން ތާއީދުނުކުރާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައި އެވެ.
މިފަދަ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާއި އދ.ގެ ޗާޓަރާ ވަރަށް ސާފުކޮށް ހިލާފު ވާހަކަތަކެއް ކަމަށާއި މިފަދަ ވާހަކަތަކުން ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަތުން ވެސް ރަމްޒުކޮށްދޭކަމަށް ދިވެހިި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެ ޤައުމުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ ޤާނޫނީ ޙައްޤުތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދުކުރާކަން ތަކުރާރުކޮށް ފާހަގަކޮށް، ސަރަޙައްދީ ހަމަޖެހުން ގެއްލޭފަދަ މިފަދަ ހަރުކަށި ވާހަކަތަކާ ދެކޮޅަށް ހަރުދަނާ ސިޔާސަތެއް ގެންގުޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސަރުކާރުން ވަނީ ގޮވާލާފައި އެވެ.
ގުޅުންހުރި

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ތުރުކިޔޭ އަށް ވަޑައިގެންފި

ތައިލެންޑަށް އެތެރެވާނަމަ އޮންލައިން ފޯމެއް ފުރަން ޖެހޭގޮތް ހަދަނީ: ދިވެހީން އެކަމަށް ސަމާލުވުމަށް މިނިސްޓްރީގެ އިލްތިމާސް!
-1744078538920.webp&w=3840&q=75)
މިނިސްޓަރު ހަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމްއާ ބައްދަލުކުރައްވައިފި
