logoEN
Sto top
ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސްގައި މެމްބަރު ގައުމުތަކަށް ނާޒީމްގެ އިލްތިމާސްކުރެއްވީ މީޑިއާގެ މިނިވަންކަން ކަށަވަރުކުުރުމަށް!

ސީޕީއޭގެ ސަރަޙައްދީ ކޮންފަރެންސްގައި މެމްބަރު ގައުމުތަކަށް ނާޒީމްގެ އިލްތިމާސްކުރެއްވީ މީޑިއާގެ މިނިވަންކަން ކަށަވަރުކުުރުމަށް!

އަހުމަދު ޝުރާއު

logo

2/9/2025, 3:12:46 AM

# ސީޕީއޭ

--

ކޮމަންވެލްތު ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ ފުރަތަމަ އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދީ ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް މިއަދު ތަޤުރީރު ކުރައްވައިފިއެވެ.

Wamco

މި ކޮންފަރެންސަކީ މި ސަރަހައްދުގެ ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ މެމްބަރު ޤައުމުތަކުގެ ޕާލަމެންޓްތަކުގެ މަންދޫބުން އެއްތަނަކަށް އެއްވެ، ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި ޚިޔާލު އެއްގޮތްކޮށް، އެއްބާރުލުން ހަރުދަނާކުރުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. މި ކޮންފަރެންސްގައި ދުނިޔެއާއި ސަރަޙައްދަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޡިމްގެ ވާހަކަފުޅުގައި، ހެޔޮވެރިކަމެއް ކުރުމުގެ އަސާސީ ސިފަތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނިންމުމާއި، ރައްޔިތުންނަށް ޖަވާބުދާރީވުމާއި، މިނިވަން މީޑިއާގެ ވެށްޓެއް ދެމެހެއްޓުމާއި، ޑިމޮކްރެޓިކް އުސޫލުތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ކަންކަން ދެމެހެއްޓުމަށް މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ގޮވާލެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި "މި ކޮންފަރެންސްގެ މުހިންމު ފުރުޞަތުގެ ބޭނުންހިފައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަޅުގަނޑުމެންގެ ތަޖުރިބާތައް ހިއްސާކޮށް، އަޅުގަނޑުމެންގެ ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، އަދި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމަށް އަތުގުޅާލުމަށް" އިލްތިމާސް ކުރެއްވިއެވެ.

މީގެއިތުރުން، މުއައްސަސާތަކުގެ ނަޒާހަތްތެރިކަން ވަރުގަދަކޮށް، މިނިވަންކަމާއެކު މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމާއި މަޝްވަރާއަށް ފުރުޞަތު ދިނުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވުމަށްވެސް އިލްތިމާސް ކުރެއްވިއެވެ.

"މި ކޮންފަރެންސްގެ މުހިންމު ފުރުޞަތުގެ ބޭނުންހިފައި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަޅުގަނޑުމެންގެ ތަޖުރިބާތައް ހިއްސާކޮށް، އަޅުގަނޑުމެންގެ ޤައުމުތަކުގެ ޑިމޮކްރެޓިކް މުއައްސަސާތައް ވަރުގަދަކޮށް، މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް، އަދި ހެޔޮ ވެރިކަމެއް ޤާއިމުކުރުމަށް ބޭނުންވާ ހަރުދަނާ ހައްލުތައް ހޯދުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. މިމެޙުފިލުގައި އަޅުގަނޑުމެން ކުރިއަށް ގެންދާ މަޝްވަރާތަކުން އުފެދޭނެ މާނަވީ ބަދަލުތަކަކީ، ހަމައެކަނި އަޅުގަނޑުމެންގެ އަމިއްލަ ޤައުމުތަކަށް އެކަނި އަސަރު ކުރާނެ ބަދަލުތަކެއް ނޫނެވެ. މުޅި ސަރަހައްދަށްވެސް އޭގެ ހެޔޮ އަސަރު ފޯރާނެ ބަދަލުތަކެއް ކަން ޔަޤީނެވެ." އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވި 67 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރަންސް (ސީޕީސީ) ގައި ސީޕީއޭގެ އޭޝިއާ ސަރަޙައްދުގެ ސަރަޙައްދީ މަންދޫބުގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައިވާ ބޭފުޅެކެވެ.

އޮނަރަބަލް އަޙްމަދު ނާޡިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ މައިދާނުގައި އިތުރުވަމުންދާ ޕޮޕިއުލިޒަމާއި، ދޮގު މަޢުލޫމާތު ފެތުރުމާއި، އަދި ޑިމޮކްރެޓިކް އުސޫލުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަންކަމެވެ. މި ކަންކަމާ ކުރިމަތިލުމަށް ޖަމާޢަތުގެ ފެންވަރުގައި ފިޔަވަޅު އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން، ސަރަހައްދުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ފަރަގުތަކާއި، ސަލާމަތީ ނުރައްކާތަކާއި، ނިރުބަވެރިކަމާއި ދޮގު މަޢުލޫމާތު ފެތުރުމާއި އަދި ބައިނަލްއަޤްވާމީ ގުޅުންތަކުގެ ސަބަބުން ހެޔޮ ވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފަދަ ގޮންޖެހުންތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

"މިއަދުގެ ދުނިޔޭގައި ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮންޖެހުންތަކަކީ ޤައުމީ އިންތައް ފަހަނައަޅައި، ބަވަނަ ވެފައިވާ ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިލާމެހިފައިވާ މައްސަލަތަކެކެވެ. މިފަދަ ޙާލަތެއްގައި އެއްވެސް ޤައުމަކުން އެކަހެރި ސިޔާސަތުތަކެއް ގެންގުޅުމަކީ އެކަށީގެންވާ ޙައްލެއް ނޫނެވެ. އެހެންކަމުން، އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިވެފައިވާ ޒިންމާއަކީ މަޝްވަރާގެ މަގު ތަނަވަސްކޮށް، ބައިނަލްއަޤްވާމީ ބައިވެރިވުން އިތުރުކޮށް، އެކި ޤައުމުތަކާއި މުއައްސަސާތަކާއެކު ގުޅުން ބަދަހިކޮށް، މާ ފަހި މުސްތަޤްބަލަކާއި ފުރިހަމަ މުޖުތަމަޢެއް ބިނާކުރުމަށް ގުޅިގެން މަސައްކަތްކުރުމެވެ." އަޙްމަދު ނާޡިމް ވިދާޅުވިއެވެ.

މި ކޮންފަރެންސް އިފްތިތާޙު ކޮށްދެއްވީ، ޕަންޖާބުގެ ޗީފް މިނިސްޓަރ މަރިޔަމް ނަވާޒް ޝަރީފެވެ. އަދި ކޮންފަރެންސްގައި، ޕާކިސްތާނުގެ ޤައުމީ މަޖިލީހުގެ ރައީސް އޮނަރަބަލް ސަރުދާރު އަޔާޒް ޞާދިޤާއި، ޕަންޖާބުގެ ސަރަހައްދީ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މާލިކު މުޙައްމަދު އަޙްމަދު ޚާން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން، ޒެމްބިއާ، މެލޭޝިއާ އަދި ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި، އެހެނިހެން މެންބަރު ޤައުމުތަކުގެ ޕާލަމެންޓް މެންބަރުންނާއި މަތީފެންވަރުގެ މަންދޫބުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޮނަރަބަލް އަޙްމަދު ނާޡިމް އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ޕާކިސްތާނުގެ ލޮބުވެތި ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ނަމުގައި މުބާރިކުބާދީ ދަންނަވައި، ޕާކިސްތާނު ސަރުކާރަށާއި، ޕަންޖާބު ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside