logoEN
Sto top
މި ސަރުކާރު ވެރިކަމަށް އައިފަހުން 24,540 ބިދޭސީން ރެގިއުލަރައިޒްކޮށްފި

މި ސަރުކާރު ވެރިކަމަށް އައިފަހުން 24,540 ބިދޭސީން ރެގިއުލަރައިޒްކޮށްފި

އަހުމަދު ޝުރާއު

logo

2/6/2025, 11:01:50 AM

# ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

--

17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް 24,540 ބިދޭސީން ވަނީ ރެގިއުލަރައިޒްކޮށްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Wamco

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 6076 ބިދޭސީން ފުރުވާލެވިފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި އޭގެކުރީ ފަސް އަހަރު، 2018 އިން 2023އަށް ފުރުވާލާފައި ވަނީ 2649 ބިދޭސީން ކަމަށާއި މީގެއިތުރުން، 17 ނޮވެންބަރު 2023 އިން ފެށިގެން މިއަދާ ހަމައަށް 24,540 ބިދޭސީންވަނީ ރެގިއުލަރައިޒް ކޮށްފައިވާ ކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވިއެވެ.

އޭގެ ކުރީގެ ފަސް އަހަރު 2018 އިން 2023އަށް ރެގިއުލަރައިޒް ކޮށްފައިވަނީ 21425 ބިދޭސީން ކަމަށާއި އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، އިމިގްރޭޝަނާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް "އިމިގްރޭޝަން ވޮޗް" ތަޢާރަފުކުރެވި، މިހާތަނަށް އިމިގްރޭޝަން ވޮޗަށް 1297 މައްސަލަ ވަނީ ހުށަހަޅާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލަ ކަމަށެވެ.

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު ވަނީ މަސައްކަތްތަކެއް ފަށާފައެވެ.

ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside